ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 17:05
ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ދަނީ
ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ދަނީ
ރާއްޖެއެމްވީ
ދައުލަތުގެ މާލީ ހާލަތު
ދައުލަތުގެ ރިކަރަންޓް ހަރަދު 1.6 ބިލިއަނަށް!
 
ކެޕިޓަލް ހަރަދަށް ހޭދަކޮށްފައިވަނީ 903 މިލިއަން ރުފިޔާ
 
އެޑްމިނިސްޓްރޭޝަން އަދި އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި 813.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
 
ރިކަރަންޓް ހަރަދުގެ ތެރެއިން 831.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މުސާރަ އަދި ޕެންޝަން ފައިސާއަށް

ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް، ދިވެހި ދައުލަތުގެ ހިންގުމުގެ ހަރަދު (ރިކަރަންޓް ހަރަދު) 1،645.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސުން އާންމުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި ދައުލަތުން ހަރަދުކުރި ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދުކޮށްފައިވަނީ މުސާރަ އާއި ޕެންޝަން ފައިސާގެ ގޮތުގައެވެ. އެގޮތުން 831.4 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 39.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި ދެން ހަރަދުކުރި ފައިސާއަކީ އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށް ކޮށްފައިވާ 813.7 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 200.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދައުލަތުގެ ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ޖުމްލަ 903 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ހަރަދުކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 381.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 2،657.7 ބިލިއަން ރުފިޔާއެވެ. ޖުމްލަ ހަރަދަކީ 2،548.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިހާތަނަށް ލިބުނު އާމްދަނީގެ ތެރެއިން ހަރަދަށް ކަނޑާފައި ބާކީވެފައިވަނީ 33.6 މިލިއަން ރުފިޔާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
0%
75%
0%
0%
ކޮމެންޓް