ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 12:59
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ދީނުގެ ނަމުގައި ބޮންގޮއްވައި މީހުންގެ ފުރާނައަށް ގެއްލުންދެނީ ދީން ނޭނގޭތީ: ޚުތުބާ
 
އިސްލާމް ދީނަކީ މަޖުބޫރު ކުރުވައިގެން މީހުން ދީނަށް ވައްދަން ގޮވާލާ ދީނެއް ނޫން
 
މި 5 ކަންތައް ހިމާޔަތް ކުރުމަކީ ސަމާވީ ހުރިހާ ޝަރީއަތްތަކެއްގެ މައިގަނޑު އަސާސް
 
ދީނުގައި ދީނާއި، ފުރާނައާއި، ބުއްދިއާއި، މުދަލާއި އަދި އަބުރު ޙުރުމަތްތެރި ކުރެވިގެންވޭ

އިސްލާމް ދީނުގެ ނަމުގައި ބޮން ގޮއްވައި މީހުންގެ ފުރާނައާއި ގެދޮރަށް ގެއްލުންދެނީ އިސްލާމް ދީން ރަނގަޅަށް ނޭނގޭތީ ކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ މީހުންނާ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމް ދީނަކީ ސަމާހަތުގެ ދީނެވެ" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި ދީނާއި، ފުރާނައާއި، ބުއްދިއާއި، މުދަލާއި އަދި އަބުރު ޙުރުމަތްތެރި ކުރެވިގެންވާ ކަމަށެވެ. އެގޮތުން މި 5 ކަންތައް ހިމާޔަތް ކުރުމަކީ ސަމާވީ (ﷲ ބާއްވައިލެއްވި) ހުރިހާ ޝަރީއަތްތަކެއްގެ މައިގަނޑު އަސާސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ވުމާއެކު ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާ މީހުންނާއި، ދީނުގެ ނަމުގައި އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން އެކަން ކުރަނީ ދީން ރަނގަޅަށް ނޭނގޭތީކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އެފަދަ ޢަމަލުތައް ހިންގާ މީހުންނަކީ އޯގާތެރިކަމެއް ނެތް ރަޙުމުކުޑަ ބައެއް ކަމަށާއި، އެއީ އިސްލާމް ދީނަށްވެސް ހުރި ހުތުރެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

ޚުތުބާގައި އިތުރަށް ބުނީ، އިސްލާމް ދީނަކީ މަޖުބޫރު ކުރުވައިގެން މީހުން ދީނަށް ވައްދަން ގޮވާލާ ދީނެއް ނޫން ކަމަށެވެ. އެގޮތުން އިސްލާމް ދީން ދުނިޔޭގެ މަޝްރިޤާއި މަޢްރިބަށް އަދި ދުނިޔޭގެ ހަ ބިތަށްވެސް ފޯރާފައިވަނީ ކަނޑިބަޑީގެ ޒަރިއްޔާރިން ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމް ދީން ފަތުރާފައިވަނީ ދީނުގެ މަތިވެރި ޙުލްޤު ފެނި އެއީ އެންމެ ޙައްޤުކަން ބޮޑު ދީންކަން މީސްތަކުންނަށް ވިސްނިގެން ކަމަށެވެ.

އޭގެ އިތުރުން، އިސްލާމް ދީން ގޮވާލަނީ މުސްލިމުން ނޫން މީހުންނަށްވެސް އޯގާތެރިވުމަށްކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، ޢައިރު މުސްލިމުންނާއި ޢަދާވަތްތެރިންނާމެެދުވެސް ޢަދުލުވެރި ވާން ޖެހޭނެ ކަމަށެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމަށްވާށެވެ. އަދި ބަޔަކު މީހުންދެކެ ތިޔަބައިމީހުން އުފެދިފައިވާ ރުޅިވެރިކަން އެއީ ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރި ވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެެރި ވާށެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ

ޚުތުބާގައި އިތުރަށް ބުނީ، ސަރުކާރުން ނުވަތަ ކުންފުންޏަކުން ނޫނީ ޢާންމު ރައްޔިތަކުވެސް ޢައިރު މުސްލިމަކަށް އަމާންކަން ދީފިނަމަ އެމީހަކަށް ރައްކާތެެރިކަން ދިނުމަކީ އެންމެންގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.

އެގޮތުން އިސްލާމް ދީނުގައި ހުންނަ މިފަދަ ރިވެތި އުސޫލުތަކާއި ޙުލްޤުތަކަށް ޒުވާނުން އަހުލުވެރި ކުރުވައި ދަސްކޮށްދިނުމުގެ މުހިއްމުކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް