ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 19:11
އަނދިރިކަންގެ ޕޯސްޓަރު
އަނދިރިކަންގެ ޕޯސްޓަރު
ފޭސްބުކް
އަނދިރިކަން
''އަނދިރިކަން'' ގެ ޓިކެޓް ވިއްކަން ފަށައިފި
 
ޓިކެޓް ވިއްކަން ވަނީ ފަށާފައި

އެސް ޕްރޮޑަކްޝަން އާއި މާސްކޭ ސްޓޫޑިއޯގެ ގުޅިގެން ގެނެސްދޭން ތައްޔާރުވަމުންދާ ފިލްމު "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

އެ ފިލްމުގެ ޓިކެޓް ވިއްކަމުންދަނީ ބުރާސްފަތި ދުވަހު މެންދުރު ދޭކުން ފެށިގެންނެވެ. ފިލްމުގެ ޓިކެޓް ވިއްކާނެ ގަޑިތައް މިހާރު ވާނީ އާންމުކޮށްފައެެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 10 އަކަށް 12 އަށް، އަދި ދޭކުން ހަޔަކަށް އަދި އަށަކުން ދިހަޔަކަށެވެ. ފިލްމުގެ ޓިކެޓް ވިއްކަނީ 100 ރުފިޔާ އަށެވެ.

އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް ހަދާފައިވާ އެ ފިލްމަކީ އާއިލީ ޑްރާމާއެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މ. މަޑުއްވަރީގެ އިތުރުން އދ. ދަނގެތި އަދި ވިލިމާލޭގައެވެ.

ޖުމުލަ ތިން ލަވަ ހިމެނޭ "އަނދިރިކަން"ގެ ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާގެ އިތުރުން ،ޝީލާ ނަޖީބު އަދި ސީޒަން އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ޒީނަތު އައްބާސް، ދަރާ ރަޝީދު، އަހުމަދު ސައީދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް