ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 12:02
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
މިދިޔަ ހަފްތާ ނިމުނުއިރު ލިބުނު އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކޮށްފައިވަނީ 33.6 މިލިއަން ރުފިޔާ
 
ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 37.9 މިލިއަން ރުފިޔާ
 
ދައުލަތަށް އާމްދަނީ އާއި އެހެނިހެން ގޮތްގޮތުން ލިބިފައިވަނީ 2582.4 މިލިއަން ރުފިޔާ
 
މިދިޔަ ހަފްތާ ނިމުމާހަމައަށް ދައުލަތުން ވަނީ 2548.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައި

މިދިޔަ ހަފްތާ ނިމުނުއިރު ލިބުނު އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވަނީ 33.6 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމިނިސްޓްރީން ނެރެފައިވާ ފެބްރުއަރީ މަހުގެ 9 ން 13 އަށް އާމްދަނީ އާއި ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލުތަކަށް ބަލާލާއިރު މިދިޔަ ހަފްތާ ނިމުމާހަމައަށް ދައުލަތުން ވަނީ 2548.8 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. އަދި ދައުލަތަށް އާމްދަނީ އާއި އެހެނިހެން ގޮތްގޮތުން ލިބިފައިވަނީ 2582.4 މިލިއަން ރުފިޔާއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ އާ އަޅާބަލާއިރު ކޮށްފައިވާ ޚަރަދުތައް ބޮޑުތަނުން މިދިޔަ ހަފްތާ އިތުރުވެފައިވާކަމަށް މިތަފާސް ހިސާބުތަކުން ދައްކައެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ އާ ހަމައަށް ދައުލަތުގެ ޚަރަދު އަރާފައިވަނީ 1638.9 މިލިއަން ރުފިޔާއަށެވެ. ލިބުނު އާމްދަނީއަށް ބަލާލާއިރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ އާ ހަމައަށް ލިބިފައިވަނީ 2411.6 މިލިއަން ރުފިޔާއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 37.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އަދި އެހަފްތާ ނިމުމާހަމައަށް މިއަހަރު ފެށުނީއްސުރެ 772.7 މިލިއަން ރުފިޔާ ވަނީ ލިބުނު އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކޮށްފަ އެވެ. ނަމަވެސް މިދިޔަ ހަފްތާވަނީ އެއަދަދު 33.6 މިލިއަންގަ އެވެ.

އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ މުސާރަ އާއި ހިންގުމުގެ ޚަރަދެވެ. އެއީ 1648.5 މިލިއަން ރުފިޔާއެވެ. އެގޮތުން މިދިޔަ ހަފްތާ ނިމުމާހަމައަށް މުސާރަ އާއި ޕެންޝަންގެ ގޮތުގައި 831.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. ސަބްސިޑީގެ ގޮތުގައި މިދިޔަ ހަފްތާ ނިމުމާ ހަމައަށް 218 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މީގެއިތުރުން އެކިކަހަލަ މަޝްރޫޢުތަކަށް މިދިޔަ ހަފްތާ އާ ހަމައަށް 573 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

މިދިޔަ ހަފްތާއާ ހަމައަށް ލިބިފައިވާ އާމްދަނީ އަށް ބަލާއިރު ޓެކްސްގެ ގޮތުގައި ވަނީ 2194.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން ގޮތަށް މިދިޔަ ހަފްތާ އާ ހަމައަށް ވަނީ 381 މިލިއަން ރުފިޔާ ލިބިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް