އަންގާރަ 07 އޭޕުރިލް 2020
13 ރޭވަ
1441 ޝައުބާން 14
ފަތިސް 04:50
އިރުއަރާ 06:02
މެންދުރު 12:12
އަސްރު 15:15
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ކޮވިޑް-19

އިރާނުން ކޮރޯނާވައިރަސްގެ ދެ ކޭސް ފެނިއްޖެ

  • 2 މީހަކު ފެނިފައިވަނީ އިރާންގެ ކޫމް ސިޓީން
  • މިއީ ކޮރޯނާވައިރަސް ފެނުނު 29 ވަނަ ގައުމު

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 19:58 | 3,493

ކޮރޯނާ ވައިރަސްއަށް ލެބޯޓަރީއެއްގައި ޓެސްޓްތަކެއް ހަދަނީ - ޓްވިޓަރ

މިހާތަނަށް ނޮވެލް ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވާ ނުވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިރާނުން ކޮރޯނާވައިރަސްގެ 2 ކޭސް ފެނިފައިވާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އިރާންގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ބުދަ ދުވަހު އެގައުމުން އަލަށް ކޮރޯނާވައިރަސްގެ ދެ ކޭސްއެއް ވަނީ ފެނިފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޔަގީނާގާތަށް ޝައްކުރެވޭ ކޭސްތަކެއް އެގައުމުގެ ސިޓީއެއް ކަމަށްވާ ކޫމް އިން ފެނިފައިވާ ކަމަށް އިރާނުގެ ހެލްތް މިނިސްޓްރީން ވަނި ހާމަކޮށްފައެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ރިޕޯޓްތައް ލިބުމާއެކު ގައިންގަޔަށް އަރާ ބަލިތަކުގެ ޓީމެއް ވަގުތުން އެ ސިޓީއަށް ފޮނުވާފައިވަ ކަމަށެވެ. އަދި ޝައްކުކުރެވޭ ކޭސްތައް އައިސޮލޭޓް ކުރެވި ޓެސްޓްތައް ހެދި އިރު، ޝައްކުކުރެވުނު މީހުންގެ ތެރެއިން 2 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކުމް އަކީ އިރާނުގެ ވެރިރަށް ތެހެރާނުގެ ދެކުނުން 93 މޭލު ދުރުގައި އޮންނަ ސިޓީއެކެވެ. މިއީ އަލަށް އެގައުމުން ކޮރޯނާވައިރަސް ފެނުނު ފަހަރެވެ. އެގައުމުން ވެސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސްއާއި ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެ އިތުރުން ހޮންކޮންގއިން ވަނީ އެގައުމުން އިތުރު ކޮރޯނާވައިރަސްގެ ކޭސްތަކެއް ފެނިފައިވާ ކަން ހަމަކޮށްފައެވެ. މިއާއެކު ހޮންކޮންގއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 63 އަށް އަރާފައެވެ.

ހޮންކޮންގުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހޮސްޕިޓަލް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި ބުދަދުވަހު ކޮރޯނާވައިރަސްގައި މަރުވެފައިވަނީ 83 އަހަރުގެ އަންހެނެކެވެ. އަދި އޭނާގެ އަންހެން ދަރިފުޅާއި ދަނބިދަރިފުޅުވެސް ވަނީ މީގެ ކުރިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައެވެ.

ކޮރޯނާވައިރަސްގެ އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، 75000 މީހުންނަށް މި ބަލި މިހާތަނަށް ޖެހިފައިވާއިރު، 2000 އަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. ބުދަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިންގަޕޫރު، ޖަޕާން، ސައުތުކޮރެއާ އަދި ފަސެންޖާލައިން ޑައިމަންޑް ޕްރިންސަސްގައި ތިބި މީހުންގެ ތެރެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ޗައިނާއިން އެކަނި 1011 މީހުންނަށް އަންގާރަ ދުވަހުގެ ނިޔަލަށް ބަލިޖެހިގެން އަލަށް ރިޕޯޓްކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއަތަކުން ވަނި ހަބަރުފަތުރާފައެވެ.

މީގެ ތެރެއިންވެސް އެންމެ ގިނަ ކޭސް ފެނިފައިވަނީ ޑައިމަންޑް ޕްރިންސަސްއިންނެވެ. އެ ފަސެންޖާ ލައިނުން އެކަނިވެސް 545 ކޭސް ޔަގީންވެފައިވާ އިރު، 14 ދުވަހުގެ ކަރަންޓީންއަސްފަހު އޭގައި ތިބި ބައެއް މިހުން ވަނި ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.