ހޮނިހިރު 04 ޖުލައި 2020
04 ފުނޯސް
1441 ޒުލްގައިދާ 13
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
މަރުޖާން ސެކުލޮސްކީ

"ދެވަނަ ލެގު މާޒިޔާއަށް ފަސޭހައެއް ނުވާނެ"

  • ރަށުން ބޭރުގައި ކުޅޭއިރު، އެ މެޗު މާޒިޔާއަށް ފަސޭހައެއް ނުވާނެ: ސެކުލޮސްކީ

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 19:42 | 3,078

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ - ވީނިއުސް

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި އިންޑިއާގައި ކުޅޭ ދެވަނަ ލެގުގެ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ފަސޭހަނުވާނެ ކަމަށް އެޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުން މާޒިޔާ ވަނީ ބެންގަލޫރު އަތުން 2-1 އިން މޮޅުވެފައެވެ. އެހެންކަމުން ރަށުން ބޭރުގައި ބެންގަލޫރާ އެއްވަރުކޮށްލައިގެންވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ.

ބުދަ ދުވަހު ހަވީރު އޮތް މެޗަށްފަހު މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އަމިއްލަ ދަނޑުގައި ބެންގަލޫރު އަތުން މޮޅުވެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ބާލާފައެވެ. ސެކުލޮސްކީ ބުނީ ކެޕްޓަނަށް ލިބުނު އަނިޔާއަށް ފަހުވެސް ކުޅުންތެރިންގެ ފަރާތުން އެއް ރޫހެއްގައި މަސައްކަތް ކުރިތަން ފެނިގެންދިޔަ ކަމަށެވެ.

ރާއްޖޭގެ ކްލަބަކަށް އަދި މިހާތަނަށް ބެންގަލޫރުގެ ދަނޑުގައި އެޓީމު ބަލިކުރެވިފައެއް ނުވެއެވެ. ސެކުލޮސްކީ ބުނީ ބެންގަލޫރަކީ މި ސަރަހައްދުގެ އެންމެ މޮޅު އެއް ޓީމު ކަމަށާއި، އެޓީމުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

ޕްލޭއޮފުން ކުރިހޯދާ މާޒިޔާ ގްރޫޕް ސްޓޭޖަށް ދަތުރުކޮށްފިނަމަ، ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމެއް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ޕްލޭއޮފުން މާޒިޔާއަށް ކުރިލިބިއްޖެ ނަމަ، އެޓީމު ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

ޕްލޭއޮފްގެ ފުރަތަމަ ލެގުން މާޒިޔާ މޮޅުވިއިރު، ދެވަނަ ލެގުގެ މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު އިންޑިއާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.