އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކާލެސް ކުއަޑްރާޓް

ދަނޑުގެ ވިނަގަނޑާއިމެދު ބެންގަލޫރު ކޯޗުގެ ކަންބޮޑުވުން އިންތިހާއަށް

  • މި ވިނައިގައި ކުޅެން އެޓީމުގެ ކުޅުންތެރިންނަށް އުނދަގޫވި: ކުއަޑްރާޓް

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 19:40 | 5,149

ބެންގަލޫރު އެފްސީގެ ކޯޗު ސްޕެއިންގެ ކާލެސް ކުއަޑްރާޓް - ވީނިއުސް

ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު އޮތް ހާލަތުން އެޓީމުގެ ކުޅުންތެރިންނަށް އުނދަގީތަކަކާ ކުރިމަތިވި ކަމަށް ބެންގަލޫރު އެފްސީގެ ކޯޗު ސްޕެއިންގެ ކާލެސް ކުއަޑްރާޓް ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުން މާޒިޔާ އަތުން ބެންގަލޫރު ބަލިވީ 2-1 އިންނެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުއަޑްރާޓް ބުނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑާއި، ބެންގަލޫރު ދަނޑުގެ ވިނަގަނޑު ވަރަށް ތަފާތު ކަމަށާއި، އެހެންކަމުން މި މެޗުގައި ކުޅުންތެރިންނަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ބޯޅަ ކޮންޓްރޯލް ކުރަންވެސް ކުޅުންތެރިންނަށް އުނދަގޫވި ކަމަށާއި، މާޒިޔާއިން ދެވަނަ ލަނޑު ޖެހީ އޭގެ ފައިދާ ނަގައިގެން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ގައުމީ ފުޓްބޯޅަ ދަނޑަކީ ގިނަ ޓީމުތަކަކަށް ކުޅެން އުނދަގޫވާ ދަނޑެއް ކަމަށްވެސް އޭނާ ބުންޏެވެ.

ކުއަޑްރާޓް ބުނީ ދެވަނަ ލެގުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅޭއިރު، މާޒިޔާ އަތުން މޮޅުވެވޭނެ ކަމަށާއި އެކަމަކު އެ މެޗުވެސް ފަސޭހަ ނުވާނެ ކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުން މާޒިޔާ އަތުން ބެންގަލޫރު ބަލިވިއިރު، އެޓީމުން 2018 ވަނަ އަހަރު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ. ނަމަވެސް އޭގެ ކުރިން 2015 އާއި 2017 ވަނަ އަހަރު މާޒިޔާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުންވެސް ބެންގަލޫރު ވަނީ މޮޅުވެފައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެ މެޗުގައި މާޒިޔާ 1-0 އިން ބަލިކޮށްގެންވެސް ގްރޫޕް ސްޓޭޖުން ބެންގަލޫރަށް ޖާގައެއް ހޯދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.