ހޮނިހިރު 04 ޖުލައި 2020
04 ފުނޯސް
1441 ޒުލްގައިދާ 13
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
އިކޮނޮމިކް މިނިސްޓަރ

މިނިސްޓަރ ފައްޔާޒު ދަންވަރު ބުރިޖްކައިރިން!؟

  • ދުވަހަކުވެސް ރޭގަނޑު އެހިސާބަށް ވަޑައިގެންފައި ނުވާނެ ކަމަށް ވިދާޅުވި
  • ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ދޭތެރޭގައި މިނިވަންކޮށް ބޭނުން އެއްޗެއް ބުނުމުގެ ހައްގު އޮންނާނެކަން ގަބޫލުކުރައްވާކަމަށް ވިދާޅުވި
  • ނޫސްވެރިން ހެޑްލައިންތައް ލިޔާއިރު ނުބައިކޮށް މާނަ ނެގޭފަދަ ހެޑްލައިންތައްނަގާކަން ފާހަގަ ކުރެއްވި

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 19:16 | 31,415

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް - ޔޫސުފް ސޮފްވާން ރަޝީދު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ދަންވަރުގަޑީގައި ބްރިޖް ކައިރިއަށް ވަޑައިގަންނަވާކަމަށް ރާއްޖޭގެ މީޑިއާ އަކުން ދައްކަމުންދާ ވާހަކައަށް މިނިސްޓަރ ރައްދު ދެއްވައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރާއްޖޭގެ މީޑިއާ އަކުން ދަންވަރު 2:30 ގައި މިނިސްޓަރ ބުރިޖް ކައިރީގައި އުޅުއްވާ ކަމަށް ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އަދި ދުވަހަކުވެސް ރޭގަނޑު އެހިސާބަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޑިމޮކްރެސީ ދަމަހައްޓަންވެއްޖެ ނަމަ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ދޭތެރޭގައި މިނިވަންކޮށް ބޭނުން އެއްޗެއް ބުނުމުގެ ހައްގު އޮންނާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި މަޤާމުތަކަށް އަންނަނީ އެކަމަށް ޖާގަދީގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުންނާއި ގުޅޭ ގޮތުން ކޮންމެފަދަ އެއްޗެއް ބުނުމުގެ ހައްގު ހައްގޭ ތިބޭފުޅުންނަށް ބުނެވިދާނެ.އަޅުގަނޑުމެން އެކަމަކާ އަޅައެއްނުލާނަން. އަޅުގަނޑުމެން ތިބޭފުޅުން ބަންދެއް ނުކުރާނަން. އަޅުގަނޑުމެން ތިބޭފުޅުން ގޮވައިގެން ކޯޓަކަށް ނުދާނަން

~ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

އިތުރަށް މިނިސްޓަރ ވިދާޅުވީ ނޫސްވެރިން ހެޑްލައިންތައް ލިޔާއިރު އަސްލު ދައްކަވާ ވާހަކައާއި މުޅިން ނުބައިކޮށް މާނަ ނެގޭފަދަ ހެޑްލައިންތައްވެސް ނަގާފައި ހުންނަ ކަމަށާއި ނަމަވެސް އެކަން ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. ބައްލަވަނީ އެކަން އަނެއްކާވެސް ރަނގަޅަށް ސާފުކޮށްދެވޭތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިން ވެސް ހެޑްލައިންތައް ހައްދަވާއިރު އަޅުގަނޑުމެން ވަރަށް ކަންބޮދުވާ ކަހަލަ ހެޑްލައިންތައް ހައްދަވާ އަސްލު އަޅުގަނޑުމެން ދައްކާ ވާހަކައާއި މުޅިން ނުބައިކޮށް މާނަ ނަގާފައިވެސް.މިޒަމާނުގައި ސޯސަލް މީޑިއާ އޮންނަ އިރުގައި ޓްވީޓެއް ކޮށްލީމާ ޓްވީޓް ތެރެއިން ހުރިހާ އެއްޗއް ދަނީ . ވަރަށް ޑެމޭޖިންވެސް ވޭ.އެކަމު އާޅުގަނޑުމެން ނޫޅެން އެކަން ހުއްޓުވާކަށް . އަޅުގަނޑުމެން ދެން ހަދާނެ ގޮތަކީ އަނެއްކާވެސް އެކަން ސާފުކޮށްދެވޭތޯ ބަލާނީ.

~ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.