އަންގާރަ 07 އޭޕުރިލް 2020
13 ރޭވަ
1441 ޝައުބާން 14
ފަތިސް 04:50
އިރުއަރާ 06:02
މެންދުރު 12:12
އަސްރު 15:15
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ރައީސް ރިނބުދޫއަށް ވަޑައިގަތުން

ރައީސް ސޯލިހު ރިނބިދޫއަށް ވަޑައިގެންފި

  • ރިނބުދޫއަށް ކުރައްވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވާނެ
  • މިއީ 2 ދުވަހުގެ ދަތުރުފުޅެއް
  • އެރަށުގައި ޤާއިމްކޮށްފައިވާ ޘަޤާފީ މަގު ހުޅުވައިދެއްވުމާއި، "މަރިޔަންމާ" ޕްރޮގްރާމް އިފްޠިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައި

ދާނިޝް ނިޡާމް
Dhaanish_Nizam

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 18:52 | 2,344

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގަތުން - ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގެންފިއެވެ.

ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ދ. ރިނބުދޫއަށް ވަޑައިގެންނެވުމާއެކު އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ ރިނބުދޫއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެރަށުގައި ޤާއިމްކޮށްފައިވާ ޘަޤާފީ މަގު ހުޅުވައިދެއްވުމާއި، "މަރިޔަންމާ" ޕްރޮގްރާމް އިފްޠިތާޙްކޮށްދެއްވުމާއި، ފުޓްސެލް ދަނޑު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި، އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.