ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 15:27
ދިޕިކާ ޕަދުކޯން އާއި ލަކްސްމީ އަގަރުވާލް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދިޕިކާއަށް "ޗަޕާކު" އިން ލިބުނު ފުރަތަމަ އެވޯޑް ޚާއްސަ ކުރީ ލަކްޝްމީ އަށް
 
މި ފިލްމްގައި ދިޕިކާ އަދާކޮށްފައިވަނީ އެސިޑްގެ ހަމަލާއިން ސަލާމަތްވި ލަކްސްމީގެ ރޯލް
 
"ޗަޕާކް" އަކީ ލަކްސްމީގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެއް

ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން އަށް ފެމިނާ ބިއުޓީ އެވޯޑްސް 2020 ގައި ފިލްމް "ޗަޕާކް" އިން ލިބުނު ފުރަތަމަ އެވޯޑް (ޕަވަރފުލް ޕާރފޯމާ އޮފް ދަ އިޔާ) އޭނާ ޚާއްސަ ކޮށްފައިވަނީ ލަކްޝްމީ އަގަރުވާލްއަށެވެ.

"ޗަޕާކް" އަކީ ލަކްޝްމީގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މެގްނާ ގުލްޒާރުގެ މި ފިލްމްގައި ދިޕިކާ އަދާކޮށްފައިވަނީ އެސިޑްގެ ހަމަލާއިން ސަލާމަތްވި ލަކްޝްމީގެ ރޯލެވެ.

ފެމިނާ މެގަޒިންއަށް ލަކްޝްމީ އާއި އެކު ޝޫޓްކޮށްފައިވާ ފޮޓޯއެއް ދިޕިކާ އޭނާގެ އިންސްޓަގްރާމްގައި ޝެއަރކޮށް މި ފިލްމާއި ގުޅޭ ގޮތުން ބުނެފައިވަނީ ޗަޕާކްއަކީ އޭނާގެ ކެރިއަރ ގައި ކުޅުނު އެންމެ އުނދަގޫ ފިލްމް ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް އުފަންވި ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައިވަނީ2005 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ދިއްލީގެ ޚާން މާރުކޭޓުގައި ހުއްޓައެވެ.

ލަކްޝްމީގެ މޫނަށް އެސިޑް ޖެހީ އޭނާގެ ރައްޓެއްސެއްގެ ބޭބެއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ. ހަތަރު އަހަރުވަންދެން ކޯޓުގަ ކުރިޔަށް ދިޔަ މައްސަލައަށް ފަހު ލަކްޝްމީ މޫނަށް އެސިޑް ޖެހި ގުއްޑޫ 10 އަހަރަށް ޖަލަށްލާން ކޯޓުން ޙުކުމް ކުރިއެވެ.

2014 ވަނަ އަހަރު ލަކްޝްމީއަށް ވަނީ އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާގެ އަތްޕުޅުން "އިންޓަރނޭޝެނަލް ވިމަން އޮފް ކަރޭޖް" އެވޯޑު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް