ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 11:36
ޖޭމްސް ބޮންޑްގެ ރޯލުން ފެންނަ ޑޭނިއަލް ކްރޭގް
ޖޭމްސް ބޮންޑްގެ ރޯލުން ފެންނަ ޑޭނިއަލް ކްރޭގް
އެމްޖީއެމް
ޖޭމްސް ބޮންޑް - ނޯ ޓައިމް ޓު ޑައި
ކޮރޯނާވައިރަސްގެ ސަބަބުން ޖޭމްސް ބޮންޑްގެ އާ ފިލްމުގެ ޗައިނާގެ ޕްރިމިއަރ ޓުއަރ ކެންސަލްކޮށްފި
 
13 ފެބްރުއަރީގައި ރިލީޒްކުރި ފިލްމްގެ ތީމް ލަވައަށް މިހާތަނަށް 25،474،114 ވިއުސް ވަނީ ލިބިފައި
 
ހޮލީވުޑްގެ ފިލްމްތަކަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ޗައިނާއިން ލިބޭއިރު، ބޮންޑްގެ އެންމެ ފަހު ފިލްމް "ސްޕެކްޓަރ"އަށް ޗައިނާއިން އެކަނި 84 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައި
 
"ނޯ ޓައިމް ޓު ޑައި" ޕްރިމިއަރ ކުރަނީ އޭޕްރިލް މަހު

ޖޭމްސް ބޮންޑްގެ އާ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ޗައިނާގެ ޕްރިމިއަރ ނުކުރާގޮތައް ނިންމައިފިއެވެ.

ޢާންމު ގޮތެއްގައި، ހޮލީވުޑްގެ ފިލްމުތައް ރިލީޒްކުރުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުގައި ޕްރިމިއަރ ކުރެއެވެ. އެގޮތުން "ނޯ ޓައިމް ޓު ޑައި" ބެއިޖިންގެ ގައި ޕްރިމިއަރ ކުރަން ކުރިން ރޭވިއެވެ. އަދި މި ޕްރިމިއަރ ޓުއަރ ތަކުގައި ފިލްމު ތަރިންނާއި ކްރޫވެސް ބައިވެރިވާގޮތައް ކުރިން ނިންމިއެވެ.

ނަމަވެސް، މަޝްހޫރު ސްޕައި ފިލްމް ފްރެންޗައިސްކަމަށްވާ ބޮންޑްގެ އާ ފިލްމުގެ ޗައިނާގެ ޕްރިމިއަރ ކުރުން ކެންސަލްކޮށްފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން މިހާރު ދަނީ ރިޕޯޓުކުރަމުންނެވެ. މިއީ އެ ޤައުމުގެ ވޫހާން ސިޓީގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، ޗައިނާއަށް ދަތުރު ނުކުރުމަށް ފިލްމުގެ ފަރާތްތަކަށް ނަޞޭހަތްތެރިވުމާ ގުޅިގެންނެވެ.

ބޮންޑްގެ އާ ފިލްމް ޗައިނާގައި ޕްރިމިއަރ ނުކުރަން ނިންމާފައިވާއިރު، ޗައިނާގެ ގިނަ ސިނަމާތަކެއް ވެސް މި ވަގުތު ވަނީ ބަންދު ކޮށްފައެވެ. އަދި "ނޯ ޓައިމް ޓު ޑައި" އޭޕްރިލް މަހުގެ 10ގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު، ސިނަމާތައް އެހާތަނަށް ހުޅުވާނެކަމުގެ ޔަޤީންކަމެއް ނެތެވެ.

ފެބްރުއަރީގައި ރިލީޒް ކުރި ހުރިހާ ފިލްމުތަކުގެ ޗައިނާގެ ޕްރިމިއަރތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ހޮލީވުޑްގެ ފިލްމުތަކަށް ދެވަނައަށް އެންމެ ބޮޑު ޢާމްދަނީއެއް ޗައިނާއިން ލިބޭއިރު، ބޮންޑްގެ އެންމެ ފަހު ފިލްމު "ސްޕެކްޓަރ"އަށް ޗައިނާއިން އެކަނި 84 މިލިއަން ޑޮލަރުގެ ޢާމްދަނީއެއް ވަނީ ލިބިފައެވެ.

ޖޭމްސް ބޮންޑުގެ ރޯލް 2006އިން ފެށިގެން ކުޅެމުން އަންނަ، ޑޭނިއަލް ކްރޭގް ގެ "ނައިވްސް އައުޓް" މިދިޔަ ނޮވެންބަރުގައި ރިލީޒްކޮށްފައިވާއިރު، މި ފިލްމަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ ޗައިނާއިންނެވެ. އެއީ 28 މިލިއަން ޑޮލަރެވެ.

"ނޯ ޓައިމް ޓު ޑައި" އޭޕްރީލް މަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ފިލްމުގެ ތީމް ލަވަ ރިލީޒްކޮށްފައިވަނީ 13 ފެބްރުއަރީގައެވެ. ބިލީ އައިލިޝްގެ މި ލަވަ ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު، މިހާތަނަށް 25،474،114 ވިއުސް ވަނީ ލިބިފައެވެ.

"ނޯ ޓައިމް ޓު ޑައި" ޗައިނާގައި ޕްރިމިއަރ ނުކުރިނަމަވެސް، މި ފްރެންޗައިޒްގެ އެންމެ ކަމިޔާބު ފިލްމަށް ވާނެކަމަށް ބޮކްސް އޮފީސް ދިރާސާތަކުން ދައްކައެވެ. ޚާއްޞަކޮށް ރިލީޒްކުރާ ހަފުތާ ބަންދުގައެވެ. އެގޮތުން ރިލީޒްކުރުމަށް ފަހު ފުރަތަމަ ތިން ދުވަހުގެ 75-100 މިލިއަން ޑޮލަރުގެ ޢާމްދަނީއެއް ލިބޭނެކަމަށް ލަފާ ކުރެއެވެ.

މި ފްރެންޗައިސް 26 ފިލްމް މިހާތަނަށް ރިލީޒްކޮށްފައިވާއިރު، މިއީ 2006 އިން ފެށިގެން މި ރޯލްއާ ހަވާލުވި ޑޭނިއަލްގެ މި ފްރެންޗައިސްގެ ފަސް ވަނަ، އަދި ފަހު ފިލްމެވެ. އަދި ޖޭމްސް ބޮންޑްގެ އެންމެ ކާމިޔާބު ފިލްމަކީ 2012 ވަނަ އަހަރު ރިލީޒްކުރި "ސްކައިފޯލް"އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް