ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 19:32
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޯޑިއޯތަކެއްގެ މައްސަލާގައި ވަނީ \"ހޫނު ފެނަށް\" ވެއްޓިފައި
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޯޑިއޯތަކެއްގެ މައްސަލާގައި ވަނީ "ހޫނު ފެނަށް" ވެއްޓިފައި
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
އަލީ ވަހީދުގެ މައްސަލަ ޖޭޕީ ތެރޭގައިވެސް ހޫނު ވެއްޖެ!
 
ޖޭޕީގެ ބައެއް މެމްބަރުން ބުނަނީ އެއީ އަލީ ވަހީދުގެ އަޑުކަމަށް
 
ޖޭޕީގެ އާންމު މެމްބަރުންނާއި ކައުންސިލްގެ ގިނަ މެމްބަރުންގެ ނުރުހުން އަލީ ވަހީދަށް
 
ހޯމަ ދުވަހުގެ ރޭ އޮންނަ ކައުންސިލްގެ ބައްދަލުވުމަށް އަލީ ވަހީދުގެ އޯޑިއޯ މައްސަލަ ހުށަހެޅުން ވަރަށް ގާތް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ޝައްކުކުރެވޭ ފޯނު ކޯލްތަކެއްގެ އޮޑިއޯ ކްލިޕްތަކެއް ލީކުވެފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތެރޭގައިވެސް އެމައްސަލަ ހޫނު ވެއްޖެއެވެ.

އަލީ ވަހީދުގެ އަޑުކަމަށް ކަމަށް ޝައްކުކުރެވޭ، އެ އޯޑިއޯ ކްލިޕްތަކާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، އެ އޯޑިއޯތަކަކީ މިނިސްޓަރު އަލީ ވަހީދުކަމަށް އަލީ ވަހީދު ދެކޮޅު ހެއްދެވިނަމަވެސް، ޖޭޕީގެ ތެރޭގައި ގިނަ ބަޔަކު، އެއީ އަލީ ވަހީދުގެ އަޑުކަން ޔަގީންވާކަމަށް ބުނާ ކަމަށާއި އަދި އެކަމާ ޖޭޕީގެ ތެރޭގައި ވެސް އަލީ ވަހީދުގެ މައްޗަށް ކުރެވޭ އެ ތުހުމަތާ ގުޅިގެން ދެބަސްވުންތައް އެބަހުރި ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ތެރޭގައި އެންމެބޮޑު ދެބަސްވުމެއް އޮތީ، ޕާޓީގެ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއާ ގުޅޭގޮތުން އެ އޯޑިއޯގައި އަލީ ވަހީދުކަމަށް ބުނާ އެމީހާ ދައްކާފައިވާ ވާހަކަތަކާމެދުގަ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ، އެއީ އަލީ ވަހީދު ކަމަށްވާނަމަ، އެއީ ޖޭޕީން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެއީ އަލީ ވަހީދު ކަމަށް އޭނާ ދެކޮޅު ހައްދަވާތީ، އެކަމާމެދު އެއްވެސް އެއްޗެއް މިވަގުތު ދަންނަވަން ނެތްކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ ރޭގަނޑު 8:30 ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެބައްދަލުވުމުގެ އެޖެންޑާގައި އަލީ ވަހީދުގެ މައްސަލަ އެޖެންޑާ ކޮށްފައިނެތް ނަމަވެސް، އެހެނިހެން ކަންކަމުގެ އެޖެންޑާގެ ދަށުން އެމައްސަލަ ނެގުމަކީ ވަރަށް ގާތްކަމެއް ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ވަނީ "ރާއްޖެއެމްވީ"އަށް ވިދާޅުވެފަ އެވެ.

ޖޭޕީގެ އިސް އެ އޮފިޝަލް ވިދާޅުވީ، އެ އޯޑިއޯތަކުގައި އަދި ހާއްސަކޮށް، މިނިސްޓަރ ނަހުލާއާ ގުޅޭ އޯޑިއާގައި ވާހަކަ ދައްކާ އެމީހަކީ އަލީ ވަހީދުކަން ޖޭޕީގެ ކައުންސިލްގެ އަދި ޖޭޕީގެ އާންމު ގިނަ މެމްބަރުންވެސް ބުނަމުންދާ ކަމަށެވެ. އަދި ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި އަދި ޖޭޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައި އެފަދަ އަމަލެއް އަލީ ވަހީދު ހިންގެވުމަކީ މުޅި ޖުމްހޫރީ ޕާޓީއަށްވެސް އޮތް ވަރަށް ބޮޑު ލަދުވެތިކަމެއް ކަމަށެވެ.

އެހެންކަމުން އޭނާ ވެސް ވިދާޅުވީ ހޯމަ ދުވަހުގެރޭ ބާއްވާ ޖޭޕީ ކައުންސިލު ބައްދަލުވުމުގައި އަލީ ވަހީދުގެ މައްސަލަ ނެގުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
8%
33%
8%
ކޮމެންޓް