ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 19:12
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މިހާރު
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން
ބްރޯޑްކޮމް އަށް ކުރިމަތިލި ފަރާތްތަކުގެ އިންޓަވިއު އަންނަ ހަފްތާގައި
 
މިއީ މި މަގާމަށް ކުރިތަމަތިލުމަށް ފުރުސަތު ހުޅުވާލި ދެވަނަ ފަހަރު
 
އިންޓަވިއުކުރެވޭނީ 24، 25 އަދި 26 ފެބުރުވަރީ މި ތިން ދުވަހު
 
17 ފެބުރުވަރީ 2020 އިން ފެށިގެން 23 ފެބުރުވަރީ 2020 ގެ ނިޔަލަށް އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ހުޅުވާލާނެ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއުކުރުން އަންނަ ހަފްތާގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރަކު ޢައްޔަންކުރުމަށް ފޮނުވާފައިވާ މައްސަލައިގެ ސުންގަޑި އަކީ 26 ފެބުރުވަރީ 2020 ވާ ބުދަ ދުވަސް ކަމަށް ކަނޑައެޅުމަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއެވެ. އަދި މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއެވެ.

ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީން ނިންމީ 17 ފެބުރުވަރީ 2020 އިން ފެށިގެން 23 ފެބުރުވަރީ 2020 ގެ ނިޔަލަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ހުޅުވާލުމަށެވެ. އަދި ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރުން 24، 25 އަދި 26 ފެބުރުވަރީ މި ތިން ދުވަހު ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މި މަޤާމަކީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކުރުމުން ހުސްވެފައިވާ މަޤާމެކެވެ. އެގޮތުން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމަށް އާއްމުކޮށް ހުޅުމާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ފެނިވަޑައިގެންނެވި 15 ނަމެއް ދިރާސާ ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް