ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 18:38
އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސް އަހުމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސް އަހުމަދު އަކްރަމް
ޔޫސުފް ސޮފްވާން ރަޝީދު
އީސީ
ޕާޓީތަކުން ހުށައަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސް ކުރުން މަޑުޖައްސާލައިފި
 
ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑިއަކީ, މިފެބްރުއަރީ މަހުގެ 20
 
ކެނޑިޑޭޓުން ރަޖިސްޓަރ ކުރުމާއި މަޖިލިސް މެމްބަރުން ރަޖިސްޓަރ ކުރެވޭނެ
 
ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިއްމު ފޯމުތައް އިސްތިސްނާވާނެ

ޕާޓީތަކުން ހުށައަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސް ކުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޑުޖައްސާލައިފިއެވެ.

އެކަމާއި ގުޅޭގޮތުން އީސީން ކުރި ޓްވީޓެއްގައި ބުނީ، ޕާޓީތަކުން ހުށައަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސް ކުރުން މެދުކަނޑާލާފައިވާ ކަަމަށާއި، ނަމަވެސް ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިންމު ފޯމުތައް އޭގެ ތެރެއިން އިސްތިސްނާވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އަހުމަދު އަކުރަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ކެނޑިޑޭޓުން ރަޖިސްޓަރ ކުރުމާއި މަޖިލިސް މެމްބަރުން ރަޖިސްޓަރ ކުރުމާއި ވަކި ކުރުން ފަދަ ޚާއްސަ ކަންކަން އޭގެ ތެރެއިން އިސްތިސްނާވާނެ ކަމަށެވެ.

ކުރިއަށް އޮތް އިންތިޙާބުތަކަށް އީސީން ތައްޔާރުވަމުންދާއިރު، ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ, މިފެބްރުއަރީ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 24 ފެބްރުއަރީ ވާ ހޯމަ ދުވަހުގެ 15:00 އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް