ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 18:59
އެސްޓީއޯގެ މައި އޮފީސް
އެސްޓީއޯގެ މައި އޮފީސް
ރާއްޖެއެމްވީ
އެސްޓީއޯ
އައްޑޫ އެއަރޕޯޓު ކުންފުނީގައި އޮތް އެސްޓީއޯގެ ހިއްސާ ސަރުކާރަށް
 
އޭއައއޭގައި އެސްޓީއޯގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00 ރުފިޔާ
 
އޭއައިއޭގެ މައި ހިއްސާދާރަކީ ދިވެހި ދައުލަތް: އެއީ މިހާރު 60 އިންސައްތަ ހިއްސާ

އައްޑޫ އިންޓަރނެޝަނަލް އެއަރޕޯރޓް (އޭ.އައި.އޭ) ގައި ހިމެނޭ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާ ދޫކޮށްލައިފިއެވެ.

އޭ.އައި.އޭގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ވަނީ، އެ ކުންފުނީގެ މައި ހިއްސާދާރު ކަމުގައިވާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައެވެ. މިއާއިއެކު އޭއައިއޭގެ ޖުމްލަ 60 އިންސައްތަ ހިއްސާ ސަރުކާރަށް ލިބުނީއެވެ. އައްޑޫ އެއަރޕޯޓް ކުންފުނީގައި ދެން އޮންނަނީ ކާސާ ހޯލްޑިންގސްގެ 30 އިންސަައްތަ ހިއްސާއާއި އެމްއޭސީއެލްގެ 10 އިންސައްތަ ހިއްސާއެވެ.

އޭ.އައި.އޭ ގައި އެސްޓީއޯގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00 ރުފިޔާގެ 40,000.00 އާންމު ހިއްސާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އޭ.އައި.އޭގައި ހިމެނޭ އެކުންފުނީގެ އެންމެހައި ހިއްސާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރެވެނީ، އެސްޓީއޯގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑް (އޭ.އައި.އޭ) އަކީ ދިވެހި ދަޢުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި އެސްޓީއޯ ގެ ހިއްސާ ހިމެނޭގޮތަށް، 2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުންޏެކެވެ. އެކުންފުނި ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށާއި، ކުންފުނީގެ އާމްދަނީއަށް ވުރެ ހަރަދު ބޮޑު ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް