ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 19:06
ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ
ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ބުރަ ނަމަވެސް ވައުދުވީ ގޮތަށް، މާލެ ހިތްފަސޭހަ ތަނަކަށް ހަދާނަން: ރައީސް ސޯލިހު
 
މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ސަރުކާރުން 462 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވޭ
 
މާލޭގެ ޓްރެފިކާއި ހިނގާ ބިނގާވެ އުޅުން އެއީ ނުހަނު ބޮޑު ތަކުލީފެއް
 
ލޭގެ ރައްޔިތުންގެ ބޯހިޔާވަހަކިމުގެ މައްސަލަ އިންތިހާއަށް ބޮޑު

މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާލަތަކީ، ޕްލޭނެއް ނެތި ދިގު މުއްދަތެއްގައި މާލޭގެ ކަންތައްތައް އިންތިޒާމުކުރެވިގެން ދިޔުމުން ދިމާވި ހާލަތެއް ކަމަށާއި، ތަކުރާރުކޮށް އެވާހަކަ ދެއްކުމުގެ ބަދަލުގައި ބޭނުންވަނީ އެކަމަށް ހައްލު ހޯދައިދީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްގީކުރުމަށް މާލެސިޓީން ފެށި ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލެއަކީ ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހަދައިދިނުމުގެ ވައުދަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވެވުނު ވައުދެއްކަމަށާއި މިއަދު މާލެ އޮތް ހާލަތަށް ބާލާއިރު އެއީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހަކިމުގެ މައްސަލަ އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލޭގެ ޓްރެފިކާއި ހިނގާ ބިނގާވެ އުޅުން އެއީ ނުހަނު ބޮޑު ތަކުލީފެއްކަމަށެވެ. އަދި މަގުތަކަށް މިހާލަތު ދިމާވެފައިވަނީ ޕްލޭނެއް ނެތި ދިގު މުއްދަތެއްގައި މާލޭގެ ކަންތައްތައް އިންތިޒާމުކުރެވިގެން ދިޔުމުގެ ސަބަބުންކަމަށް ފާހަގަކޮށް ރައީސް ވަނީ ތަކުރާރުކޮށް އެވާހަކަ ދެއްކުމުގެ ބަދަލުގައި ބޭނުންވަނީ މިކަމަށް ހައްލު ހޯދައިދީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުންކަމަށް ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ، ބޯހިޔާވަހިކަމުގެ މައްސަލަ އެހަ ބޮޑު، ޓްރެފިކް އެހާ އުނދަގޫ، މާލޭގެ މަގުމަތީގައި ހިނގާ ބިނގާވެ އުޅުން އެއީ ހަމަ ކުރަން ދަތިކަމެއް. އަމާން މާހައުލެއް ނޫން މާލޭގެ މަގުތަކަކީ. މީގެއިތުރުން ލިބެންޖެހޭ އަސާސީ ހިދުމަތް ލިބުމުގައިވެސް މާލޭގެ ރައްޔިތުންނަށް ވަނީ އެތައް އުނދަގޫތަކެއް ކުރިމަތިވެފައި. މިހެން ދިމާވެފައި މިއޮތީ ރަނގަޅު ޕްލޭނެއް ނެތި ދިގު މުއްދަތެއްގައި މާލޭގެ ކަންތައްތައް އިންތިޒާމުކުރެވިގެން ދިޔުމުގެ ސަބަބުން. މިއަދު އެވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތް. ބޭނުންވަނީ މިކަމަށް ހައްލު ހޯދައިދިނުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަފްލާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ސަރުކާރުން 462 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭ ހިންގުމަށް ގެނެވުނު ބަދަލާއެކު، ޕްރޮޖެކްޓް ހިންގުން މާލެ ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ފޯރުކޯށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ސިޓީ ކައުންސިލަށް ފޯރުކޮށްދޭނެކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހިފައިވާ މަސައްކަތް ނުހަނު ގިނަ ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ސަރުކާރުން ފުއްދާނެކަމަށެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވައްސަށް 50.96 މިލިޔަން ރުފިޔާ ހަރަދުވާއިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސްޓްޕާކް ސަރަހައްދުގައެވެ. މި ސަރަހައްދުން 1.94 ކިލޯ މީޓަރުގެ 7 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް