ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 19:27
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު- މިއެގްރިމެންޓާ ގުޅޭގޮތުން ތަފްސީލު ދެއްވި
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު- މިއެގްރިމެންޓާ ގުޅޭގޮތުން ތަފްސީލު ދެއްވި
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރިޔާސީ އިންތިޚާބުގެ ކުރިން ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދޭން މަސައްކަތްކުރި!
 
އޮކްޓޯބަރ 2018 އީމެއިލްއެއް ޓީއެމްއޭއިން މިއެގްރިމެންޓްގައި ސޮއިކުރުމަށް ފޮނުވި

ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެއަރޕޯޓުގެ ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމުގެ އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ކުއްލިގޮތަކަށް ކުރަން މަސައްކަތްކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން އެބައޮތްކަމަށް ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ޓީއެމްއޭއަށް އައު ސީޕްލޭން ޓަރމިނަލް ދިނުމާއި ގުޅޭގޮތުން މިހާރު ފެންމަތިވެގެން އުޅޭ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގައިވެސް އިންނަވާ އަދި ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ޓްރާންސިޝަނަލް ކޮމިޓީގައި އެމްއޭސީއެލްގެ ކަންކަން ބެއްލެވުމަށް އިސްކޮށް އުޅުއްވި އިލްޔާސް ލަބީބު ވިދާޅުވީ، މިމުއާމަލާތްތަކުގައި އޭރުގެ ސަރުކާރުގެ އެކޮނޮމިކް ކައުންސިލުގައި އިންނަވާ ވަޒީރެއް އެމްއޭސީއެލްގެ ކަންކަން ބަލަމުންދިޔަކަމަށެވެ.

އެގޮތުން ވަޒީރުގެ އެއްބަސްވުމާއި އެކުގައި އެމްއޭސީއެލް ގެ ނިންމުންތައް ނިންމައިގެން ސިޓީ ބިޓީ ފޮނުވައިގެން އެކަންކަން ނިންމަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އޭރުގެ އެކޮނޮމިކް ކައުންސިލްގައި އިންނެވި ވަޒީރަކީ އޭރުގެ އެކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވަނީ މިއެގްރިމެންޓްގެ ކަންކަން ނިންމާ އިންތިޚާބުގެ ކުރިން ސޮއިކުރުމަށް ކަމަށެވެ. ނަމަވެސް ކަންދިމާވިގޮތުން އެދުވަހު ސޮއިނުކުރެވުނީ ކަމަށާއި ނަމަވެސް އިންތިޚާބަށްފަހުވެސް އޮކްޓޯބަރ 2018 ގައި ރައީސް ޞާލިހު ހުވާކުރެއްވުމުގެ ކުރިން އީމެއިލްއެއް ޓީއެމްއޭއިން މިއެގްރިމެންޓްގައި ސޮއިކުރުމަށް ފޮނުވި ކަމަށެވެ. ނަމަވެސް އެއަރޕޯޓްސް ކުންފުންޏަށް މިއެގްރިމެންޓްގައި ސޮއިކުރަން ނުކެރުނީކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އަޅުގަނޑުމެން އޭރު ރައީސް ޞާލިހުގެ ސަރުކާރުން ޓްރާންސިޝަނަލް ކޮމިޓީއެއް ހައްދަވާފައިވޭ. އަޅުގަނޑާ މިހާރުގެ ގަވަރުނަރު އަލީީ ހާޝިމާ ދެމީހުން އެއަރޕޯޓް ކުންފުންޏަށް ދިޔައިން އޭރުގެ އެމްޑީ އާދިލް އާ އަޅުގަނޑުމެން ބައްދަލުކުރިން. މުޅި ތަނުގެ ހުރިހާ އަޕްޑޭޓެއް އަޅުގަނޑުމެންނަށް އާދިލް ދެއްވި ޕްރޮޕޯސަލް ތަކާއި ލިޔެކިޔުންތަކާއި ހުރިހާ މައުލޫމާތެއް ދެއްވި. އެހިސާބުން އަލީ ހާޝިމް އާއި އަޅުގަނޑާ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޖެނެރަލަށް ދެންނެވިން އެއްވެސް އެގްރިމެންޓެއްގައި އިތުރަށް ސޮއިކޮށްގެން ކުރިޔަށް ނުގެންދިޔުމަށް. ރައީސް ސާލިހު ވިދާޅުވި އެއްވެސް އިތުރު އެގްރިމެންޓްގައި ސޮއިނުކޮށް މަޑުޖެއްސުމަށް . އެވާހަކަ ދެންނެވުމުން އެހިސާބުން އޭރުގެ މެނޭޖިންގ ޑިރެކްޓް އެއެއްބަސްވުމުގައި ސޮއިކުރުން ހުއްޓަވާލެއްވީ.
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު

އިލްޔާސް ލަބީބު ވިދާޅުވީ އޭގެފަހުން މިސަރުކާރުން މިއެގްރިމެންޓްގައި ސޮއިނުކޮށް މިކަންކަން ރިވިއުކޮށް ބަލަމުން ގެންދާކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ 20 ފެބްރުއަރީ 2020 ވަނަ އަހަރުގެ ނިޔަލަށް ޓީއެމްއޭއިން މިހާރު ބޭނުންކުރަމުންދާ މިންވަރަށް އެތަނުން ދިނުމަށްކަމަށެވެ. އަދި އެނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އެއީ ސަރުކާރަށް އެންމެ ގެއްލުންކުޑަގޮތަކަށް މިމައްސަލަ ނިންމުމަށް މަސައްކަތްކުރަމުންދާތީ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

މިހާރު ޓީއެމްއޭއިން ލޯންޖު ސްޕޭސް ބޭނުންކުރާވަރު އެއީ ގާތްގަޑަކަށް ހަހާސް ސްކުއެއަރ މީޓަރު މިހާރު އިން ރޭޓުން ދިނުމަކީ ރަނގަޅު ގޮތެއްގައި ކަމަށް ދެކެން. ދެން ބާކީ ބައި ބިޑްކޮށްގެން އެމީހުންވެސް (ޓީއެމްއޭއިން) ބޭނުންވަންޏާ ނަގަންވީ. އެބޭފުޅުން އެބަ ދައުވާކުރޭ ތިމަންނަމެން 18 މިލިއަން ޑޮލަރު ދޫކޮށްލާފައި މިދަނީ އެއްވެސް ކޮމްޕެންސޭޝަނެއް ނެތިއޭ. އޭސީސީ ރިޕޯޓް ބެލީމާ އަޅުގަނޑުމެންނަށް ސާފުވޭ އެބޭފުޅުން ކޮންޓްރެކްޓް ހަމަވީމަ ކޮންޓްރެކްޓް އާ ކުރަމުންދަނީ. އޭގައި އިނދޭ މުއްދަތު ހަމަވީމާ ނުޖެހޭ އޭގެ ކޮންޕެންސޭޝަނެއް ދޭކަށް. އެހެންވީމާ އެއީ ދޭންޖެހޭ އެއްޗެއް ނޫން. ސަރުކާރުން ދެ އަހަރުގެ މުއްދަތަށްދީފައި މިހާރު އެވަރުގެ ސްޕޭސް އެއް އެބޭފުޅުންނަށް ދިނީމާ އޮޕަރޭޓަރުންނަށްވެސް އަދި ވާދަވެރިންނަށްވެސް މިކަން ކުރެވޭނެ ގޮތް އެބައޮތް.
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު

އިލްޔާސް ލަބީބު ވިދާޅުވީ ދެ އަހަރު ފަހުން އެމްއޭސީއެލް އަށް އެއޮޕަރޭޝަން މުޅިން ޓޭކްއޯވަރ ކުރުމުގެ ފުރުސަތު މިހާރު ސަރުކާރުން މިހުށަހަޅާ ގޮތުން އެބައޮތް ކަމަށެވެ. އެމްއޭސީއެލް އިން 1000 މުވައްޒަފުން ތަމްރީންކުރަމުންދާ ވާހަކަވެސް އޮޑިޓަރ ޖެނެރަލް ރިޕޯޓްގައި ފާހަގަވެފައިވާކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އެހެންކަމުން އެމްއޭސީއެލްވެސް އެމިސްރާބަށް ދާތަން ފެންނަމުންދާކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އިލްޔާސް ލަބީބު ވިދާޅުވީ 18 ސެޕްޓެމްބަރ 2017 ގައި އޭރުގެ ކޮމާޝަލް އިނިޝިއަލް ލީސް ޕްރޮޕޯސަލް ފޯރ ނިއު ސީޕްލޭން ޓަރމިނަލް އެންޑް އެސޯސިއޭޓް ފެސިލިޓީޒް ގެ ޖެނެރަލް މެނޭޖަރ ހުސައިން ފަޒީލް ސީޕްލޭން ޓަރމިނަލް ކުއްޔަށްދިނުމާއި ގުޅޭގޮތުން ފުރަތަމަ ޕްރޮޕޯސަލް އެއް އެއަރޕޯޓް ކުންފުނިން ޓީއެމްއޭއަށް ފޮނުވި ކަމަށެވެ. އެ ޕްރޮޕޯސަލްގައި އޮންނަނީ 15 އަހަރަށް އެތަން ދިނުމަށްކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

ކުލި ދެފަރާތުން ވާހަކަދައްކައިގެން ވަކިގޮތަކަށް ކަނޑައެޅުމަށްވެސް އެޕްރޮޕޯސަލްގައި އޮތް ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. ދެފަރާތުގެ ވާހަކަތަކަށްފަހު އެންމެ ފަހުން އެއްބަސްވެފައިވާ ގޮތަކީ 30،000 އަކަމީޓަރު، 15 އަހަރުގެ ކުއްޔަށްކަމަށް 10.35 އެމެރިކާ ޑޮލަރު އަދި 5 ޑޮލަރު ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާގޮތަށް ކޮންމެ ތިން އަހަރަކުން މިއަދަދު އަގު ރިވިއު ކުރާގޮތަށް ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އަދި މިސިޓީ ޓީއެމްއޭއަށް އެމްއޭސީއެލް އިން އީމެއިލްކޮށްފައިވާކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އެކަން ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް