ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 14:50
ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޑެނިއަލް އެގާ
ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޑެނިއަލް އެގާ
ގެޓީ އިމޭޖަސް
އޯއެލްއެސްސީ
ލިވަޕޫލް ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް، އެގާ ރާއްޖެ އަންނަނީ
 
އެގާ ރާއްޖެ އަންނަނީ އޯއެލްއެސްސީގެ އިވެންޓެއްގައި ބައިވެރިވުމަށް

ރާއްޖޭގައި ހަރަކާތްތެރިވާ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ) ގެ ދައުވަތަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑެންމާކުގެ ޑިފެންޑަރު ރާއްޖެ އަންނަނީ އޯއެލްއެސްސީން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައި ބައިވެރިވުމަށެވެ. މި އިވެންޓު އޮންނާނީ އަންނަ ހަފުތާގައި މާލޭގައެވެ. މި އިވެންޓުގައި އޯއެލްއެސްސީގެ މެމްބަރުންނަށް އެގާއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އޯއެލްއެސްސީން މައުލޫމާތުދެއެވެ.

ޑެންމާކްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އެގާ ލިވަޕޫލަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އެގާ ވަނީ ލިވަޕޫލާއެކު 2012 ވަނަ އަހަރުގެ ލީގު ކަޕް ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް 175 މެޗުން 9 ލަނޑު ޖަހައިދިން އެގާ އެޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ.

މިއީ ރާއްޖޭގެ ސަޕޯޓާސް ކްލަބަކުން އިސްވެ ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބާއްވާނެ ފުރަތަމަ އިވެންޓެވެ.

ލިވަޕޫލްގެ އިތުރުން ރަސްމީކޮށް ރާއްޖޭގައި ވެސް ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ އޯއެލްއެސްސީން އަންނަނީ ކުޅިވަރާއި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖޭގައި ހަރަކާތްތަށް ހިންގަމުންނެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަޕޯޓާސް ކްލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް މިދިޔަ އަހަރު ކުރީކޮޅު ވަނީ ބާއްވާފައެވެ. އަދި އެކިއެކި އެންޖީއޯ އާއި ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި ފުޓްބޯޅަ މެޗު އޮންނަ ދުވަސްދުވަހު "ކްލަބު 360" އަށް އެއްވެގެން މެޗު ބެލުން ފަދަ ކަންތައްވެސް ކުރިޔަށްގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
67%
0%
0%
0%
0%
ކޮމެންޓް