އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ކުޅިވަރު - ރަހީމް ސްޓާލިން

ސިޓީގައި ސްޓާލިން މަޑުކުރާނެ: އޭޖެންޓް

  • ސްޓާލިން ހޯދުމަށް ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 17 ފެބުރުއަރީ 2020 | ހޯމަ 12:30 2,101

ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން - ގެޓީ އިމޭޖާސް

މެންޗެސްޓާ ސިޓީގައި އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން މަޑުކުރާނެ ކަމަށް އޭނާގެ އޭޖެންޓް އައިޑީ ވާޑް ބުނެފިއެވެ.

ސްޓާލިންގެ އޭޖެންޓް މިހެން ބުނީ އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން ބޮޑު ޚަރަދެއް ކުރަން ތައްޔާރަށް އޮތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވުމުގެ އިތުރަށް ޔުއެފާ ކްލަބު ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕުގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައެވެ. އެކަމަކު ސިޓީން އަންނަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހެޅުމަށް ވެސް ތައްޔާރުވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޓާލިން ހޯދުމަށް ރެއާލުން 150 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ސިޓީގެ ސަސްޕެންޝަނާއެކު ސްޓާލިންވެސް ރެއާލަށް ބަދަލުވަން ބޭނުންވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަށް ރައްދު ދެމުން ސްޓާލިންގެ އޭޖެންޓް އައިޑީ ވާޑް ބުނީ ޔޫރަޕުގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑްކުރި ނަމަވެސް، ސްޓާލިން އެޓީމު ދޫކޮށްނުލާނެ ކަމަށެވެ. އަދި ސިޓީއާއެކު ސްޓާލިން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭނާ ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސްޓާލިން ހޯދުމަށް ރެއާލުން އަލުން މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިންވެސް ރެއާލުން ވަނީ ސްޓާލިންއަށް ފާރަލާފައެވެ.

ރެއާލުން ސްޓާލިން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ސިޓީއާއެކު ސްޓާލިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު އެވެ.

ލިވަޕޫލުން 2011 ވަނަ އަހަރު ކެރިއަރު ފެށި ސްޓާލިން ވަނީ އެޓީމަށް ހަތަރު ސީޒަނުގައި ކުޅެފައެވެ. ލިވަޕޫލް ދޫކޮށްލުމަށް ފަހު ސްޓާލިން ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 226 މެޗުގައި 89 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް