ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 12:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ސީ ޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ގުޅޭ އޭސީސީ ރިޕޯޓް ސިއްރު
 
ކޮރަޕްޝަނަށް ވާސިލްވުމަށް އެންމެހާ މަސައްކަތްކޮށް އަދި އެހަފްތާތެރޭގައި އެގްރިމެންޓްގައި ސޮއިކުރުމަށް މަސައްކަތްކޮށްފައިވަނީ އޮކްޓޯބަރ 2018 ގައި
 
ސީޕްލޭން ޓީއެމްއޭއަށް ދިނުމާއި ގުޅޭ އެއްބަސްވުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށާއި ނަމަވެސް އެރިޕޯޓް ލިބިފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަމާއި ގުޅިގެން އޭސީސީން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓް ލިބިވަޑައިގަންފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައިކަމަށާއި އެހެންކަމުން ސިއްރު ރިޕޯޓެއްގެ ގޮތުގައި މެމްބަރުންނާ ހިއްސާކުރެއްވުމަށް ގަސްތު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ރިޕޯޓް ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި އަޅުގަނޑަށް ލިބިފައި. އަދި އެ ރިޕޯޓް ވަނީ ކޮމިޓީއާއެކު ވެސް ހިއްސާ ކުރެވިފައި. އަދި އަޅުގަނޑު ބޭނުން ސިއްރު ރިޕޯޓެއްގެ ގޮތުގައި ތިޔަ އިތްޒަތްތެރި މެންބަރުންނާވެސް ހިއްސާކުރަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭގެ 80 އިންސައްތަ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުންވެސް ރައްޔިތުންގެ މަޖިލީހާ މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސީޕްލޭން ޓީއެމްއޭއަށް ދިނުމާއި ގުޅޭ އެއްބަސްވުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައަށްކަމަށެވެ. އެހެންކަމުން މިކަންކަން ހިނގާފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުންދަނީ މިކަންތައް ދައުލަތަށާއި ރައްޔިތުންނަށް އެންމެ ލުއިގޮތަކަށް ކުރިޔަށް ގެންދެވޭތޯ ކަމަށެވެ.

ރައީސް ޞާލިހު ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު. އޭސީސީ ން މިފާހަގަކުރާ ކޮރަޕްޝަނަށް ވާސިލްވުމަށް މިއޮތް އެއްބަސްވުން ބަދަލުކުރެވިފައިވާ ސިޓީބިޓީ ފެށިފައިވަނީ އޮކްޓޯބަރ 2017 ގައި. ކޮރަޕްޝަނަށް ވާސިލްވުމަށް އެންމެހާ މަސައްކަތްކޮށް އަދި އެހަފްތާތެރޭގައި އެގްރިމެންޓްގައި ސޮއިކުރުމަށް މަސައްކަތްކޮށްފައިވަނީ އޮކްޓޯބަރ 2018 ގައި. އެހެންވީމާ އެނގިވަޑައިގަންނަވާނެ މިކަންކަން ހިނގާފައިވާގޮތް މިސަރުކާރުން ނުއަގުގައި ކޮރަޕްޝަންގެ ގޮތުގައި ޓީއެމްއޭ އަށް ޓަރމިނަލެއް ދިނުމަށް 55 މިލިއަން ޑޮލަރުގެ ޓަރމިނަލެއް ދިނުމަށް އެންމެހާ ކަންކަން ހަމަޖެހިފައިވަނިކޮށް މާތްރަސްކަލާންގެ ރަހުމަތާއި އިރާދަފުޅުން ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ އަދި އަދަށް ދާންވެސް ސަރުކާރުން މަސައްކަތްކުރައްވަމުން އެގެންދަވަނީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ލުއިގޮތަކަށް މިއެގްރިމެންޓްގެ ކަންތައް ކުރިޔަށް ގެންދެވޭތޯ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
33%
0%
0%
ކޮމެންޓް