ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 09:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބިލެއްގެ ފުރަތަމަ ކިޔުމާއެކީގައި އެއީ އެކަމުގެ އެންމެ ފަހުގޮތް ކަމަށް ވިސްނުމަކީ ރަނގަޅުގޮތެއް ނޫން: ރައީސް ނަޝީދު
 
ސަރުކާރުން އެބިލް މިތަނަށް ހުށަހަޅަން ބޭނުންވެވަޑައިގަންނަވާ ގޮތަށް މިތަނުން ފާސްކުރަނީ މެމްބަރުން އެކަމަށް މަޝްވަރާކުރައްވާފައި ބަހުސްކުރައްވާފައި
 
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅުނީމަ ބިލްގެ ފުރަތަމަ ކިޔުން ކިޔާއިރު އެބިލެއް އެއޮންނަނީ ހުށަހެޅުނު ގޮތަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމާއެކުގައި އެއީ އެކަމުގެ އެންމެ ފަހުގޮތް ކަމުގައި ނިންމަވައިގެން އެއްވެސް ބޭފުޅަކު ވިސްނެވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިމޭރުމުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވާފައިމިވަނީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅުއްވާފައިވާ ބިލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައިވަނިކޮށެވެ.

އީސަ މިހާރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ޕްރޮބޭޝަން މުއްދަތު 3 މަސް ދުވަހުގެ ބަދަލުގައި 6 މަސް ދުވަހަށް އިތުރު ކުރުމަށެވެ. ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި މެޑިކަލް ސެޓްފިކެޓް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށްވެ އެވެ. މިކަމާއި ގުޅިގެން ބިލް ހުށަހެޅުއްވި މެމްބަރަށާއި ސަރުކާރަށާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީީޕީއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މިކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން ކިޔާއިރު އެބިލެއް އެއޮންނަނީ ހުށަހެޅުނު ގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ ވާޖިބަކަށްވަނީ އެ ހުށަހެޅުނު ގޮތާއި ގުޅޭގޮތުން ބަހުސްކުރެވި ބެލި މުތާލިއާ ކުރެވި މަޝްވަރާކުރެވި އެގެނެވޭ އިސްލާހަކާއެކީގައި ބިލެއް ފާސްކުރުމަށްފަހު ގެޒެޓްކުރުމަށް ފޮނުވުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ތިބޭފުޅޫންނަށް ފަހަރުގައި ހަނދާނަށް އަތުވެދާނެ މިސާލަކަށް ލާމަރުކަޒީ ޤާނޫނު މިމަޖިލީހަށް ފޮނުވުނު ގޮތާއި ފާސްވެގެން ނިކުތް ގޮތް 279 އިސްލާހާއެކީގައި ލާމަރުކަޒީ ޤާނޫނު ފާސްވެގެންދިޔައީ. މިހެން މިދަންނަވާ ސަބަބު މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ. ވަޒީފާގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި އެބަވޭ. ސަރުކާރުން ހުށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަވްތެވަޑައިގަންނަވާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށް އެހެންވީމާ މެމްބަރު އެހުށަހަޅުއްވަނީ ސަރުކާރުން އެބިލް މިތަނަށް ހުށަހަޅަން ބޭނުންވެވަޑައިގަންނަވާ ގޮތަށް މިތަނުން ފާސްކުރަނީ މެމްބަރުން އެކަމަށް މަޝްވަރާކުރައްވާފައި ބަހުސްކުރައްވާފައި. އަދި ޚިޔާލު ހޯއްދަވާފައި. މުޅި ރާއްޖޭގެ ހުރިހާ ކަންކަމަކަށް ވިސްނަވާފައި.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތް އެންމެހާ ފަރާތްތަކަށް ސާފުވާންޖެހޭކަމަށެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާ އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ބިލުގައި ހުރިކަންތައްތައް އިސްލާހުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އިކޮނޮމިކް މިނިސްޓާރ ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވަނީ ވަޒީފާއާއި ބެހޭ ގާނުނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅިގެން އާންމުން ފާޅުކުރަމުންދާ ހިޔާލުތައް ބަލައިގަންނަ ކަމަށާއި އިސްލާހުތައް ހުށަހެޅީ މިހާރު ގާނޫނުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
8%
0%
83%
0%
4%
ކޮމެންޓް