ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 09:52
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ރާއްޖެއެމްވީ
މިނިސްޓަރ އަލީ ވަހީދު
ލީކުވެފައިވާ އޯޑިއޯތަކަށް މިނިސްޓަރުގެ ރައްދު: ތަހުޤީޤު ހިންގަވާ، ހަޤީޤަތް ސާފުވާނެ
 
މިނިސްޓާރ ޓްވީޓް ކުރައްވާ ވިދާޅުވީ އެ އޯޑިއޯތަކަކީ އެކި އަޑު އެކިގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާ އެއްކަމަށް
 
އެ އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު މީގެކުރީންވެސް ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައި

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ ގުޅިގެން ލީކުކޮށްލާފައިވާ އޯޑިއޯތަކަކީ ޞައްހަ އޯޑިއޯތަކެއް ނޫންކަމަށާއި ފުރިހަމަ ތަހުޤީޤެއް ހިންގުމުން އެކަން ސާފުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

"އެމްވީ ލީކްސް"ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އާ ދެމެދު ކުރެވިފައިވާ ސައްލާއެެއްގެ އޯޑިއޯތަކެއް ވަނީ ލީކުކޮށްލާފަ އެވެ.

އެ އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު މީގެކުރީންވެސް ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެކަމާގުޅިގެން އަނެއްކާވެސް މިނިސްޓާރ ޓްވީޓް ކުރައްވާ ވިދާޅުވީ އެ އޯޑިއޯތަކަކީ އެކި އަޑު އެކިގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާ އެއްކަމަށެވެ.

ފުރިހަމަ ތަހުޤީޤެއް ކުރުމުން ހަޤީޤަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށްވެސް ތަހުޤީޤެއް ހިންގަވާ. ހަޤީޤަތް ފެންނާނެ
ޓުއަރިޒަމް މިނިސްޓާރ އަލީ ވަހީދު

އެންމެ ފުރަތަމަ ލީކުކޮށްލި އޯޑިއޯގައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަށް އަމާޒުކޮށް ދައްކަވާފައިވާ ވާހަކަތަކެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް އަމާޒުކޮށްވެސް ވާހަތަކެއް ދައްކަވާފައިވާކަން އޭގެފަހުން ލީކުވެފައިވާ އޯޑިއޯއިން ހާމަވެގެން ގޮސްފައިވެ އެވެ.

އެންމެފަހުން ލީކުވި އޯޑިއޯގައި އަލީ ވަހީދާއި އަޑުބަރޭ ވާހަކަ ދައްކަވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ.

މިއޯޑިއޯތަކާއި ގުޅިގެން މިކަން ރައްދުވާ އެއްވެސް މިނިސްޓަރަކު އަދި މިހާތަނަށް މިކަމަށް ރައްދުދެއްވާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް