ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 08:49
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
ޖެންޑާ މިނިސްޓްރީ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ޢަމަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
 
މި ބިލުގެ ދަށުން ސަރުކާރަށް ލާޒިމުކުރާ ކަންކަމުގެ ތެރޭގައި ބިލް ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ހެދުންވެސް ހިމެނޭ
 
ކުޑަކުދިންގެ އަދުލުގެ ބިލު ޤާނޫނަކަށް ވުމުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅިގެންދާނެ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ޢަމަލުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ފުލުހުންނާއި މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި އޮތް މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންވަނީ މި ބިލަށް ޢަމަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު ޤާނޫނަކަށް ވުމުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅިގެންދާނެ ކަމަށާއި، މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޜަންތައްވެސް ޤާއިމުކުރެވިގެންދާނެއެވެ.

އޭގެ އިތުރުން، އިސްލާމީ ޤައުމުތަކުގައި އަމަލުކުރާ ގޮތަށް ރިއާޔަތްކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ އުމުރުން 15 އަހަރު ކަމުގައި ކަނޑައަޅައި، މިކަންކަން ބެލެހެއްޓުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އިދާރާއެއް އުފެއްދުން ވެސް ބިލުގައި ލާޒިމުކުރެއެވެ.

މި ބިލުގެ ދަށުން ސަރުކާރަށް ލާޒިމުކުރާ އިތުރު ކަންކަމުގެ ތެރޭގައި، ބިލް ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ހެދުންވެސް ހިމެނެއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލުވެސް މަޖިލީހަށް ފޮނުވާފައިވާއިރު، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށް ވުމުން، އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް މަރުގެ އަދަބު ދިނުން މަނާވެގެންދާއިރު، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ކައިވެނި ކުރުން ވެސް މި ޤާނޫނުން މަނާކުރެއެވެ.

ކުޑަކުއްޖަކަށް ވީތީ ލިބިދޭންޖެހޭ ހައްޤުތައްވެސް ބިލުގައި ބަޔާން ކޮށްފައިވާއިރު، ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމާއި، ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަރނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ އަދަދަކަށް ޤާއިމުކުރުން ވެސް ލާޒިމުވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް