ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 08:48
އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
އަހަރީ އާންމު ޖަލްސާ
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާރޗް މަހު ބާއްވަނީ
 
އޭޖީއެމް އޮންނަނީ ކުރުނބާ ރިސޯޓުގައި

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އަހަރީ އާންމު ޖަލްސާގެ ތެރެއިން 3 މާރިޗު 2019 ވީ އާދީއްތަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2019 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން، 2020 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން، 2019 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން ހިމެނޭ ކަމަށެވެ. އަދި އެ ޖަލްސާގެ ތެރެއިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރާނެ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށާއި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އަށް ހުށަހެޅުމަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން[email protected]އަށް އީމެއިލް ފޮނުވޭނެ ކަަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ގޮސް ރަޖިސްޓަރ ކުރެވޭނެއެވެ. ރަޖިސްޓަރ ކުރަން އަންނައިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން އައުމަށް އުރީދޫ އިން އެދެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މާލެއިން ކުރުނބާ މޯލްޑިވްސް އަށް ދަތުރު ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. މިގޮތުން ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު (2 މާރިޗު 2020 ވާ ހޯމަ ދުވަހު)ގެ ރޭގަނޑު 7:00، 7:15 އަދި 7:30 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް