ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 08:59
އަނިލް ކަޕޫރާއި ދަރިފުޅު ހަރްޝްވަރްދަން
އަނިލް ކަޕޫރާއި ދަރިފުޅު ހަރްޝްވަރްދަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަނިލް ކަޕޫރާއި ދަރިފުޅު ހަރްޝްވަރްދަން ފުރަތަމަ ފަހަރަށް އެއްފިލްމަކުން
 
ފިލްމްގެ ޝޫޓިންތައް ފެށިކަން އިއުލާން ކޮށްފައިވަނީ އާދިއްތަ ދުވަހު
 
ފިލްމްގެ ޝޫޓީންތައް ފެށިފައި މިވަނީ ޝޫޓިންތައް ފަށަން ބުނިތާ ތިން އަހަރެއްހާ ދުވަސް ފަހުން

އޮލިމްޕިކް ގޯލްޑް މެޑަލް ހާސިލްކޮށްފައިވާ އަބީނާވް ބިންދްރާގެ ބައޯޕިކްގައި ވެޓްރަން އެކްޓަރ އަނިލް ކަޕޫރާއި އޭނާގެ ފިރިހެން ދަރިފުޅު ހަރްޝްވަރުންދަން ކަޕޫރު ފުރަތަމަ ފަހަރަށް އެއްފިލްމަކުން އެކުގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާދިއްތަ ދުވަހު އަނިލް ވަނީ ދެބަފައިން އެކުގައި ނަގާފައިވާ ފޮޓޯއަކާއި އެކު ފިލްމްގެ ޝޫޓިން ފަށާފައިވާ ކަން ހާމަ ކޮށްފައެވެ. މި ފިލްމްގައި އަނިލް ކަޕޫރު ފެނިގެންދާނީ ބިންދްރާގެ ބައްޕަގެ ރޯލުންނެވެ.

މި ފިލްމްގެ ޝޫޓީންތައް ފެށިފައި މިވަނީ ޝޫޓިންތައް ފަށަން ބުނިތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަރްޝްވަރުދަން ވެސް ވަނީ މި ފިލްމްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުން އެކްސައިޓްވެފައި ހުރި ކަމަށް ބުނެފައެވެ.

ހަރްޝްވަރުދަން ބޮލީވުޑަށް ތަޢާރަފް ވެފައި ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "މިރްޒިޔާ" އިންނެވެ. ނަމަވެސް މި ފިލްމް ވެފައި ވަނީ ފްލޮޕަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް