ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 08:57
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
ރައީސް އޮފީސް
ވަޒީފާއާ ބެހޭ ގާނޫނު
ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީ ވަޒީފާއާ ބެހޭ ގާނޫނުގައި ހުރި އިސްލާހުތައް މުރާޖާ ކުރާނަން: މެންބަރުން
 
ބައެއް މެމްބަރުން ވަނީ ބިލުގައި ހުރިކަންތައްތައް އިސްލާހުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް ވިދާޅުވެފައި
 
ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި
 
ބިލް ހުށައެޅުއްވީ ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އީސާ

ވަޒީފާއާއި ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި، ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީ އިސްލާހުތައް މުރާޖާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ މަޖިލީހަށް ހުށައަޅުއްވާފައިވާ، ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ޕްރޮބޭޝަން މުއްދަތު އިތުރުވުމާއި އަހަރީ ޗުއްޓީ ލިބޭ ގޮތާއި އަދި ސަލާމް ބުނުމާއި އިތުރު ހުށަހަޅާފައިވާ އިސްލާހުތަކެއް ހިމެނޭއެވެ.

އީސަ ހުށައެޅުއްވި އެ އިސްލާހާއާ އެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް އޭނާ އަށް ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ބިލުގައި ހުރިކަންތައްތައް އިސްލާހުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ، ސަރުކާރުން ބިލްތައް ޑްރާފްޓް ކުރަނީ އެމްޑީޕީގެ 40 އިންސައްތަ ހިއްސާ އާއެކު ކަމަށެވެ. ރައްޔިތުންގެ ނުފޫޒުން އެއްކިބާވެ ދާއރާގެ ރައްޔިތުންގެ އަޑު އިއްވާނެ ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ. އަދި ބިލަށް އިސްލާހު ގެންނާނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކުރައްވާފައިވާ ޓްވީގައި ވިދާޅުވީ، ވަޒީފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ކިޔާލުމުން، ބައެއް މާއްދާތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާނިމި، ބިލް ފާސްވެގެންދާނީ ރައްޔަތުން އެދޭގޮތަށް އިސްލާހު ކުރެވިގެންކަމަށް ސިރާޖްވެސް ވިދާޅުވިއެވެ.

އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދުވެސް ވަނީ އެކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ، އޭނާ ވިދާޅުވީ ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށާއި އެމަސައްކަތް އެމަގުންކުރައްވާނެ ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މީގެ ކުރިން މ ގާނޫނުގައި އޮތް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު 3 މަސް ދުވަހުގެ ބަދަލުގައި 6 މަސް ދުވަހަށް އިތުރު ކުރުމަށެވެ. ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން ހިމެނޭއިރު މުވައްޒަފު ބަލިވެގެން ސަލާމް ބުނާ އުސޫލަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އެގޮތުން، މެޑިކަލް ސެޓްފިކެޓް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް އިސްލާހުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް