ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ޖަރުމަން ލީގު

ކޮލޯން ބަލިކޮށް ބަޔާން އަލުން އެއްވަނައަށް

  • އެފްސީ ކޮލޯން އަތުން ބަޔާން މޮޅުވީ 4-1 އިން

ކ. މާލެ | 17 ފެބްރުއަރީ 2020 | ހޯމަ 01:06 | 2,168

ކޮލޯން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖާސް

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ އެފްސީ ކޮލޯން އަތުން މޮޅުވެ އަލުން ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާޑާ ބްރޭމަން 3-0 އިން ބަލިކޮށް އާރުބީ ލެއިޕްޒީގް އެއްވަނައަށް ވަގުތީގޮތުން އެރިނަމަވެސް، އާދީއްތަ ދުވަހުގެރޭ ހޯދި މޮޅާއެކު ބަޔާނުން ވަނީ ޕޮއިންޓެއްގެ ފަރަގަކުން އަލުން އެއްވަނައަށް އަރާފައެވެ.

ކުޅުނު 22 މެޗުން ބަޔާނަށް 46 ޕޮއިންޓު ލިބިފައިވާއިރު، 22 މެޗުން ލެއިޕްޒީގަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޑޯޓްމުންޑާއި ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެގްލަޑްބަކަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.

ރަށުން ބޭރުގައި ކޮލޯން އަތުން އާދީއްތަ ދުވަހުގެރޭ ބަޔާން މޮޅުވީ 4-1 އިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ތިން ލަނޑު ޖަހާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ރޮބާޓް ލެވެންޑޯސްކީ ބަޔާނަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ކިންގްސްލީ ކޯމަން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީ އެވެ.

އޭގެ ފަހުން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ގްނަބްރީ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ކޮލޯންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާކް އުތް އެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކޮލޯން އަތުން މޮޅުވެ ބަޔާން އަލުން ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު ބަޔާން ނުކުންނާނީ އެސްސީ ޕަޑާބޯންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.