ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 01:01
\'\'ދަ ބިގް ބުލް\'\' ގެ ޕޯސްޓަރު
''ދަ ބިގް ބުލް'' ގެ ޕޯސްޓަރު
ޓްވިޓަރ
ދަ ބިގް ބުލް
އަބިޝޭކްގެ ''ދަ ބިގް ބުލް'' ރިލީޒް ކުރުން އޮކްޓޫބަރު މަހު 23 ގައި
 
ފިލްމު ޕްރޮޑިއުސަރަކީ އަޖޭ

އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިލްމު ''ދަ ބިގް ބުލް'' ގެ ޕޯސްޓަރުގެ އިތުުރުން ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފިއެވެ.

ފިލްމުގެ ޕޯސްޓަރ އިންސްޓަގްރާމް ގައި ޝެއަރ ކޮށްފައިވަނީ ފިލްމުގެ ލީޑްރޯލު އަބީޝޭކް ބައްޗަންއެވެ. ޕޯސްޓަރުގައި ފެންނަނީ ސޫޓެއް ލައިގެން އައިނެއް އަޅައިގެން ހުންނަ ތަނެވެ. މި ފިލްމަކީ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މަޝްހޫރު ސްޓޮކް ބްރޯކަރު ހަރްޝަދް މެހެތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ވެގެންދާނީ ހެއްވާ މަޖާ ފިލްމު ''ބޯލް ބައްޗަން'' އަށް އަބީޝޭކް އާއި އަކްޝޭ އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ.

އަޖޭ ދޭވްގަން ޕްރޮޑިއުސް ކުރާ ފިލްމެއް ކުކީ ގުލާޓީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ. މި ފިލްމަކީ ގުލާޓީ ޑައިރެކްޓަރގެ ތިން ވަނަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް