ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ޔަމަން

ޔަމަނަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި 31 މީހަކު މަރާލައިފި

  • ހޫޘީން ބުނާގޮތުގައި މިހަމަލާތައް ދީފައިވަނީ ސައުދީ އަރަބިއްޔާއިން
  • ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ބުނާގޮތުގައި މިހަމަލާތައް ދީފައިވަނީ ކޮންގޮތަކަށްތޯ ސައުދީ އަރަބިއްޔާއިން އަންނަނީ ބަލަމުން
  • މިހަމަލާތަކުގައި ޔަމަންގެ އާންމުންގެ 31 މީހަކު މަރުވެފައިވާއިރު 12 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވޭ

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ | 17 ފެބްރުއަރީ 2020 | ހޯމަ 00:59 | 1,900

ޔަމަންގައި ހޫޘީ ހަނގުރާމަވެރިން ހިފާފައިވާ ސަރަހައްދެއް - ރޮއިޓަރސް

ހޮނިހިރު ދުވަހު ޔަމަންގެ އުތުރު ޕްރޮވިންސަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި މަދުވެގެން އެގައުމުގެ 31 މީހުން މަރުވެފައިވާކަމަށް އދ. އިން ބުނެފި އެވެ.

ޔަމަނުގައި އުޅޭ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ހޫޘީން ބުނާގޮތުގައި މިހަމަލާތައް ދީފައިވަނީ ސައުދީ އަރަބިއްޔާއިން ނެވެ. އެއީ ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލުމާއި ގުޅިގެންނެވެ. ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ބުނާގޮތުގައި މިހަމަލާތައް ދީފައިވަނީ ކޮންގޮތަކަށްތޯ ސައުދީ އަރަބިއްޔާއިން އަންނަނީ ބަލަމުންނެވެ. އެއީ ސައުދީން މަސައްކަތް ކޮށްފައިވަނީ އެސަރަހައްދުގައި ހަނގުރާމަ ކުރަމުންދިޔަ ޔަމަން ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށްވާތީކަމަށް ސައުދީން ބުނެއެވެ.

އަދި މިހަމަލާތައް ދީފައިވަނީ އެސަރަހައްދުގައި ހޫޘީން ދެމުންގެންދިޔަ ހަމަލާތަކުން ދިފާޢުވުމުގެ ގޮތުންކަމަށްވެސް ސައުދީން ވަނީ ބުނެފަ އެވެ. އދ އިން ޔަމަން އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިދާޅުވެފައިވަނީ މިހަމަލާތަކުގައި ޔަމަންގެ އާންމުންގެ 31 މީހަކު މަރުވެފައިވާއިރު 12 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށެވެ.

މިހަމަލާތަކާއި ގުޅިގެން ހޫޘީން ވަނީ މިހަމަލާތަކުގައި ގެއްލުންލިބުނު އިމާރާތްތަކާއި މަރުވެ އަދި ޒަޚަމްވެފައިވާ މީހުން ކަމަށްބުނެ ވީޑިއޯ އެއް އާންމުކޮށްފަ އެވެ.

ޔަމަންގައި ހަނގުރާމަ ހިނގަމުންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިހަނގުރާމައިގައި ޔަމަންގެ އެތައް ހާސްބަޔެއްގެ ފުރާނަ ގެއްލެމުންދާތީ އދ ން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.