ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ލުއި ޚަބަރު - ފިލްމު ފެއަރ އެވޯޑް 2020

13 ފިލްމު ފެއަރ އެވޯޑާއި އެކު ''ގަލީ ބޯއީ'' ތާރީހުގެ ތެރެއަށް

  • އެވޯޑް ހަފްލާ ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ | 17 ފެބްރުއަރީ 2020 | ހޯމަ 00:57 | 2,957

ގަލީ ބޯއިގެ މަންޒަރެއްގައި އާލިޔާ އާއި ރަންވީރު ސިންހް - ގޫގުލް

އިންޑިއާގެ ފިލްމު ފެއަރ އެވޯޑްގައި މިހާތަނަށް އެންމެ ގިނަ އެވޯޑް ހޯދި ފިލްމަކަށް، ރަންވީރު ސިންހް އާއި އާލިއާ ހަރަކާތްތެރިވެފައިވާ ފިލްމު ''ގަލީ ބޯއި'' ވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ 65 ވަނަ އެމޭޒަން ފިލްމު ފެއަރ އެވޯޑް ވަނީ ބާއްވާފައެވެ. އިންޑިއާގެ އައްސާމު ސްޓޭޓްގައި ކުލަގަދަކޮށް ބޭއްވި މި އެ ހަފްލާ އަކީ މުމްބާއިއިން ބޭރުގައި ފިލްމު ފެއަރ އެވޯޑެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އެ އެވޯޑް ހުށައަޅަދީފައިވަނީ ކަރަން ޖޯހަރު، ވަރުން ދަވަންގެ އިތުރުން ވިކީ ކޯޝަލްއެވެ.

ގަލީ ބޯއިއަށް ލިބުނު އެވޯޑްތައް:

  • ބެސްޓް ފިލްމު
  • ބެސްޓް ޑައިރެކްޓަރ
  • ބެސްޓް އެކްޓަރ
  • ބެސްޓް އެކްޓްރެސް
  • ބެސްޓް ސަޕޯޓިން އެކްޓަރ
  • ބެސްޓް ސަޕޯޓިން އެކްޓްރެސް
  • ބެސްޓް ސްކްރީންޕްލޭ
  • ބެސްޓް ޑައިލޮގް
  • ބެސްޓް މިއުޒިކް ޑިރެކްޓަރ
  • ބެސްޓް ލިރިކްސްޓް
  • ބެސްޓް ޕްރޮޑަކްޝަން ޑިޒައިން
  • ބެސްޓް ސިނަމެޓޯގްރަފީ
  • ބެސްޓް ބެކްގްރައުންޑް ސްކޯރ

ގަލީ ބޯއި ޕްރޮޑިއުސް ކޮށްފައިވަނީ ފަރާހް އަދި ރިތޭޝްއެވެ. މި ފިލްމަކީ މުމްބާއީގެ ސްޓްރީޓް ރެޕާއެއް ކަމުގައިވާ ނައިޒީ ނަމަކަށް ކިޔާ ފިރިހެންކުއްޖެގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.