ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ރާއްޖެ - ކަރެކްޝަނަލް ސަރވިސް

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ނޫރާ ހަމަޖައްސަވައިފި

  • ނޫރާ މިމަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި އަހުމަދު މުޙައްމަދުފުޅު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން
  • އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާ ތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެއް

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 20:40 5,799

ހޯމް މިނިސްޓަރ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަގާމަށް އައްޔަނުކުރެއްވި ނޫރާ އާ ބައްދަލުކުރައްވަނީ - ހޯމް މިނިސްޓްރީ

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ހ.ނޫމުތީ އައިޝަތު ނޫރާ މުޙައްމަދު ހަމަޖައްސަވައިފި އެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު މިއައްޔަނުކުރެއްވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ނޫރާ މިމަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި އަހުމަދު މުޙައްމަދުފުޅު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެނެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާ ތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވި އައިޝަތު ނޫރާ މުޙައްމަދަކީ ތައިލެންޑްގެ ޗުލަލޮންގކޯން ޔުނިވަރސިޓީން "މާސްޓަރސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގެ އަޕަރ ލޯވަރ ޔުނިވަރސިޓީން ބެޗްލަރސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަންވެސް ވަނީ ހާޞިލްކުރައްވާފައެވެ.

އައިޝަތު ނޫރާ މުޙައްމަދު އެންމެފަހުން މަސައްކަތްކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައެވެ. އޭގެކުރިން ނޫރާ ވަނީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރ، ޕްރޮގްރާމްގެ މަޤާމް އަދާކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް