ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 19:16
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ރައީސް އޮފީސް
ވަޒީފާއާއި ބެހޭ ގާނޫނު
ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ފައްޔާޒް
 
އެޓާރނީ ޖެނެރަލް އަދި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އީސަގެ އެއްވެސް ދައުރެއް ނޯންނާނެ
 
އެކަންކަން ހައްލުކުރުމަށް އެއަށްވުރެން ހަރުދަނާ އިސްލާހުތަކެއް ގެނައުމަށް މަސައްކަތްކުރާނަން
 
ހުށަހެޅިފައިވާ ބައެއް އިސްލާހުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި

ވަޒީފާއާއި ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވަޒީފާއާއި ބެހޭ ގާނުނަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ޕްރޮބޭޝަން މުއްދަތު އިތުރުވުމާއި އަހަރީ ޗުއްޓީ ލިބޭ ގޮތާއި އަދި ސަލާމް ބުނުމާއި އިތުރު ހުށަހަޅާފައިވާ އިސްލާހުތަކާއި ބެހޭގޮތުން އާންމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް އާންމުންގެ ފަރާތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ވަޒީފާއާއި ބެހޭ ގާނުނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅިގެން އާންމުން ފާޅުކުރަމުންދާ ހިޔާލުތައް ބަލައިގަންނަ ކަމަށާއި އިސްލާހުތައް ހުށަހެޅީ މިހާރު ގާނޫނުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށްކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކަންބޮޑުވުންތަކާއި ގުޅިގެން އެކަމާއިމެދު މަޝްވަރާކުރުމަށް، ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންގެ ބޭފުޅުންނާއި މޯލްޑިވިސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން ބޭފުޅުންނާއިވެސް ބައްދަލުކޮށްފައިވާކަމަށެވެ. އޭނާ ވަނީ މި ބިލާއި ގުޅޭގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވީ އެޓާރނީ ޖެނެރަލް އަދި މެމްބަރު އީސަގެ އެއްވެސް ދައުރެއް ނޯންނާކަމަށް ވިދާޅުވެ އެބޭފުޅުން ދިފާއުކުރައްވާފައެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މީގެ ކުރިން މ ގާނޫނުގައި އޮތް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު 3 މަސް ދުވަހުގެ ބަދަލުގައި 6 މަސް ދުވަހަށް އިތުރު ކުރުމަށެވެ. ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން ހިމެނޭއިރު މުވައްޒަފު ބަލިވެގެން ސަލާމް ބުނާ އުސޫލަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އެގޮތުން، މެޑިކަލް ސެޓްފިކެޓް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް އިސްލާހުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
11%
0%
83%
6%
0%
ކޮމެންޓް
16 ފެބްރުއަރީ 2020 | އާދީއްތަ 22:34
ރައްޔިތުން
ވޯޓުން މިފަހަރު އިސްލާހް ކުރާނީ