އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - އިންސާނީ ވަގުވިޔަފާރި

އިންސާނީ ވަގުފާރި ހުއްޓުވާ ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހުންނާކަށް ނުފެނޭ: މުއައްސަސާތައް

  • ހުށައެޅުން ހުށައެޅީ ޑިފެންސް މިނިސްޓްރީން
  • މެމްބަރުންގެ ތާއިދު އެކަމަށް ވަނީ ނުލިބިފައި
  • ބައްދަލުވުމުގައި ބައިވެރިވި އެހެން މުއައްސަސާތަކުން ވަނީ އެކަމަށް ދެކޮޅު ހަދާފައި!

އަލީ ސަމާޚް
AliSamah8

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 19:19 2,934

އާދިއްތަ ދުވަހު މަޖިލީހުގައި ބޭއްވި ކޮމީޓިގެ ތެރެއިން - މަޖިލިސް

އިންސާނީ ވަގުފާރީ ހުއްޓުވަން އެކުލާފައިވާ ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހުންނެވުމަށް ފެންނަ ކަމަށް ޑިފެންސް މިނިސްޓްރީ ހުށައެޅުމުން، އެ ކޮމިޓީގައި ހިމެނޭ އިދާރާތަކުގެ ފާޑުކިޔުންތައް އެ ހުށައެޅުމަށް އަމާޒުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ހޮވި ސަބް ކޮމިޓީގެ ބައްދަލުވެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. އެ ކޮމިޓީގައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ކަމާއި ގުޅުންހުރި ގިނަ ފަރާތްތަކުން ވަނީ ބަައިވެރިވެފައެވެ.

އެގޮތުން ޑިފެންސް މިނިސްޓްރީން، ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ޖައިޝަން އާމީރު ހުށައެޅުއްވީ، ވަގުފާރި ހުއްޓުވާލަން އެކުލަވާލާފައިވާ ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހުންނެވުމަށެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ކޯޓަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމަށްވެފައި، އެފަދަ މުހިއްމު ކޮމިޓީއެއްގައި އެ ކޯޓުގެ ރިޕްރެޒެންޓޭޝަން އޮތުން މުހިއްމު ކަމަށް ދެކޭތީއެވެ. ދެވަނަ އަށް އޭނާ ހުށައެޅުއްވީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފަކު ކޮމިޓީގައި ހިމަނަންށެވެ. އެ ކޮމީޓީގެ ރިޔާސަތު ބަލަހައްޓަނީ ޑިފެންސް މިނސްޓްރީންނެވެ. ނަމަވެސް، ކޮމީޓިގައި ހިމެނިވަަޑައިގަންނަވާ މެމްބަރުންގެ އިތުރުން ބައެއް އިދާރާތަކުގެ ބޭފުޅުން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެ ކޮމީޓީގައި ހިމެނުމަށް ދެކޮޅުހަދާފައެވެ.

ޑީޖޭއޭގެ ފަރާތުން ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅާ ވިދާޅުވީ، ޑިޕާޓްމެންޓުގެ މުވައްޒަފަކު ނުވަތަ ޝަރުއީ ދާއިރާގެ އިދާރީ ބައި ތަންފީޒު ކުރަމަށްޓަކައި މުވައްޒަފަކު ހުުރުން އެންމެ ރަނގަޅު ކަމަށް ފެންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް