އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - ޖޭއެސްސީ

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

  • މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހު
  • މައްސަލަ ބަލަނީ ޖޭއެސްސީގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން
  • ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއްވެސް ބަލާފައިވޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 17:18 3,182

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ) - ސަން އޮންލައިން

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފިއެވެ.

ޖޭއެސްސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މިއަހަރުގެ 15 ވަނަ ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން ގާޒީ އަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ޖޭއެސްސީގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލައެއްކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ފެމިލޯ ކޯޓަށް ބަދަލުކުރުމުގެ ކުރިން، އަބްދުﷲ ގަޒީ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގަޒީ އެކެހެރިކުރުމުން ސިޔާސީ މަސްރަހު ހުނުވެގެންދިޔައިރު، އަބްދުﷲ ގާޒީ އެކަހެރިން ދޫކޮށްލީ ވެރިކަން ވައްޓާލުމަށްފަހު، އޭރުގެ އިދިކޮޅު ފަރާތްތަކުންނެވެ. އަބްދުﷲ ގާޒީއަކީ ސިޔާސީ މީހުން ބޭނުންވާ ގޮތަށް ހުކުމްތައް ނެރުއްވި ގާޒީއެއް ކަމަށް ތުހުމަތުކުރެވުނު ގާޒީއެކެވެ. އަދި ވަޒީރަކު ޒިންމާދާރުކުރުމަށްކަމަށް ބުނެ މަރުގެ މައްސަލައެއްގައި ހިމެނޭ ކުށްވެރިޔަކު ދޫކޮށްލީވެސް އަބްދުﷲ ގާޒީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް