އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - މޯލްޑިވްސް ޕޮލިސް ސަރވިސް

ދެމަފިރިއަކު ނިދާފަ ތިއްބާ ގެއަކަށް ވަދެ އަންހެން މީހާ އަށް ޖިންސީ ގޯނަކޮށްފި

  • ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން
  • ޖިންސީ ގޯނާކުރާ މައްސަލަތައް ވަނީ އިތުރުވެފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 17:34 8,921

ޖިންސީ ގޯނާއާ ދެކޮޅަށް މާލެގައި ކުރި އިހްތިޖާޖެއްގެ ތެރެއިން - ޔޫސުފް ސޮފްވާން ރަޝީދު

މެދު އުތުރު ރަށެއްގައި ދެމަފިރިއަކު ނިދާފަ ތިއްބާ ފިރިހެނަކު އެ ގެއަށް ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، އާދިއްތަ ދުވަހު ހެނދުނު 06:20 ހާއިރު ދެމަފިރިޔަކު ނިދާފައި އޮއްވާ އެމީހުން ދިރިއުޅޭ ގެއަށް ގޮތް ނޭގޭ ފިރިހެނަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން ހޮނިހިރު ދުވަހުގެ ވަގުތެއްގައި، މެދު އުތުރު ރަށެއްގައި 38 އަަހަރުގެ ދިވެހި އަންހެނަކާއި މެދު 52 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ މައްސަލައެއް ފުލުހަށް ހުށައެޅިފައިވާ ކަމަށެވެ. މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް ޖިންސީ ގޯނާކުރާ މައްސަލަތައް ވަނީ ގިނަވެފައެވެ. އެކަމަކު އެކަން ކުރާ މިހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ އާއްމުންގެ ފާޑުކިޔުންތައް ވަނީ މުއައްސަސާތަކަށް އަމާޒުވެފައެވެ. ހާއްސަކޮށް ކުޑަކުދިންނާއި ގުޅޭ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ލިބުން ދަތިކަމަށް، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ހިންގި ޕާލިމަންޓް އިންކުއަރީއިންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް