އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - މޯލްޑިވްސް ޕޮލިސް ސަރވިސް

ލަވަކިޔުންތެރިޔާ މުހްތާރު ހޯދަން އިއުލާންކޮށްފި

  • އިއުލާން ކޮށްފައިވަނީ އާދިއްތަ ދުވަހު
  • މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައި
  • މުޙްތާރު އަކީ ގިނަ ބައެއް މެދުގައި މަޝްހޫރު ލަވަކިޔުންތެރިޔާ

އަލީ ސަމާޚް
AliSamah8

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 17:22 4,047

ލަވަކިޔުންތެރިޔާ މުހްތާރު - ޕޮލިސް

ސިވިލް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ، މުހުތާރު ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު 10:15 އަށް ސިވިލް ކޯޓަށް ހާޒިުރުވުމަށް އަންގައި ކޮށްފައިވާ އިޢުލާނަށް އެކޯޓަށް ހާޒިރުވެފައިނުވާތީވެ، ބަންދުގައި ބަހައްޓައިގެން 2020 ފެބްރުއަރީ 23 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އުމުރުން 48 އަހަރުގެ މުޚްތާރު އާދަމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް