ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 17:25
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ފޭސްބުކް
އެފްއޭއެމް
ނުވަ ކްލަބްގެ ތާއިދާއެކު އެފްއޭއެމް އިންތިހާބުގައި ވާދަކުރަނީ ހަމައެކަނި ބައްސާމް
 
ދެވަނަ ޑިވިޝަނުން ބައްސާމްއަށް ތާއިދުކޮށްފައިވަނީ ތިން ކްލަބަކުން
 
ފުރަތަމަ ޑިވިޝަނުން ވޯޓުލެވޭ ހުރިހާ ކްލަބަކުން ވަނީ ބައްސާމްއަށް ތާއިދުކޮށްފަ
 
އެފްއޭއެމް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅީ ހަމައެކަނި ބައްސާމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޚާބުގައި 9 ކްލަބުގެ ތާއިދާއެކު ހަމައެކަނި ވާދަކުރާނީ އެފްއޭއެމްގެ މިހާރުގެ ވެސް ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެފްއޭއެމް އިދާރާގައި އާދީއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ އެފްއޭއެމް އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ހަމައެކަނި ބައްސާމް ކަމަށާއި، އެފްއޭއެމްގެ އިންތިޚާބާއި ބެހޭ ކޮމެޓީން މިހާރު ބައްސާމްގެ ކެންޑިޑަސީ ބަލައިގަނެފައިވާ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބާއި ބެހޭ ކޮމެޓީގެ ޗެއަރމަން ޢަބްދުﷲ ޢަލީ ވިދާޅުވީ 15 ފެބްރުއަރީ 2020 ވަނަ ދުވަހާއި ހަމައަށް އެފްއޭއެމް އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ ބައްސާމްގެ ޓީމުން އެކަނި ކަމަށާއި އެހެންކަމުން އެފްއޭއެމް ކޮންގްރެސްގައި ބައްސާމްގެ ޓީމުގެ ނަންތައް ހުށަހަޅާނެ ކަމަށެވެ.

ބައްސާމް ޓީމުގައި ހިމެނޭ މެންބަރުންނަކީ:-

ރައީސް:- ބައްސާމް އަދީލް ޖަލީލް

ސީނިއަރ ވައިސް ޕްރެސިޑެންޓް:- އަލީ އުމަރު

ވައިސް ޕްރެސިޑެންޓް:- ހުސެއިން ޝާފިއު

މެންބަރު:- އަހުމަދު ޝަކީބް

މެންބަރު:- މުހައްމަދު ޝިފާއު

މެންބަރު:- މުފާވިޒް ހާފިޒް

މެންބަރު:- އައިމިނަތް ޝާނީޒް

މެންބަރު:- އަހުމަދު ނަޝީދު

މެންބަރު:- މުއާވިޔަތު ޚަލީލް

ފުރަތަމަ ޑިވިޝަނުގެ ވޯޓުލެވޭ 6 ކުލަބުން ވަނީ އޭނާއަށް ތާޢީދުކުރާނެކަން ހާމަކޮށްފައެވެ. އެއީ ދަ ގްރާންޑޭ އާއި، ޔޫވީގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބު ގްރީން ސްޓްރީޓްސްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އީގަލްސްއެވެ. މީގެ އިތުރުން ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބް ވެލެންސިއާއިން ވަނީ ބައްސާމްއަށް ތާޢީދުކުރާކަން އިޢުލާންކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބު ނޮވެންބަރު 20 ގެ ކުރިން ބާއްވަން އެއެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ބުނެއެވެ.

އެފްއޭއެމްގެ ރައީސްގެ މަޤާމުން ބައްސާމް ވަކިކުރުމަށް ނިމިދިޔަ އަހަރު ބައެއް ކުލަބުތަކުން މަސައްކަތް ކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު ހިމެނެއެވެ. އެކަމަކު އެ ދެ ކުލަބު މިހާރު ވަނީ ފުޓްބޯޅައިގެ ހުރިހާ ޙަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް