ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 14:49
ފަތުރުވެރިން
ފަތުރުވެރިން
އެމްއޭސީއެލް
ފަތުރުވެރިން
ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުން
 
2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އޭޝިއާ ފެސިފިކް ޤައުމުތަކުން
 
މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 13.4 އިންސައްތައިގެ ކުރިއެރުމެއް

ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހު ވައިގެ މަގުން ރާއްޖެއަށް ޔޫރަޕުގެ ޤައުމުތަކުން 94725 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 13.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އޭޝިއާ ފެސިފިކް ޤައުމުތަކުންނެވެ. އެއީ 61688 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 177140 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެތެރޭގައި ވައިމަގުން ރާއްޖެއަށް ޒިޔާރަތްކުރި 173347 ފަތުރުވެރިންނާއި ކަނޑުމަގުން ރާއްޖެ ޒިޔާރަތްކުރި 3793 ފަތުރުވެރިން ހިމެނެއެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެމެރިކާ ޞަރަޙައްދުން 8078 ފަތުރުވެރިން، މެދުއިރުމަތީގެ ޤައުމުތަކުން 7297 ފަތުރުވެރިން އަދި އެފްރިކާ ބައްރުގެ ޤައުމުތަކުން 1536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 154969 ފަތުރުވެރިން ޒިޔާރަޔްކޮށްފައިވާއިރު މީގެތެރޭގައި ހިމެނެނީ ވައިމަގުން ރާއްޖެއައި 151552 ފަތުރުވެރިންނާއި ކަނޑުމަގުން ރާއްޖެ ޒިޔާރަތްކުރި 3417 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިކަމަށް 14.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް