އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - މަކްތަބާ ސަލަފިއްޔާ

އިންޑޮނޭޝިއާއިން ހައްޔަރެއް ނުކުރޭ، ވިސާ ނުދީ ފޮނުވާލީ: ޝެއިޙް މުޙައްމަދު

  • އިންޑޮނޭޝިއާއަށް އެތެރެވުމުގެ ފުރުސަތު އެ ޤައުމުން ދީފައި ނުވޭ
  • އޭނާ މިހާރު ހުރީ ރާއްޖޭގައި
  • މާލެއަށް އާދެވުނީ 15 ވަނަ ދުވަހުގެ ހެނދުނު

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 13:30 12,031

މަކްތަބާ ސަލަފިއްޔާއިން ބޭއްވި ޕްރެސްކޮންފަރެންސްގައި ޝެއިޙް މުޙައްމަދު ވާހަކަދައްކަވަނީ - ރާއްޖެއެމްވީ

އިންޑޮނޭޝިއާއިން މަކްތަބާ ސަލަފިއްޔާގެ ޢިލްމުވެރިއެއް ކަމަށްވާ ޝައިޚް މުޙައްމަދު ޙަސަންއާއެކު އިތުރު 4 ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފިއެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މެލޭޝިއާ މަގުން ރާއްޖެއިން އިންޑޮނޭޝިއާއަށް ދިޔަ 4 ދިވެހިން ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި، 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، މި 4 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެ 4 މީހުންވެސް އަނބުރާ ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން ޝައިޚް މުޙައްމަދު ޙަސަން ވިދާޅުވީ، އިންޑޮނޭޝިއާއިން އޭނާ ހައްޔަރު ނުކުރާ ކަަމަށާއި، ނަމަވެސް އިންޑޮނޭޝިއާއަށް އެތެރެވުމުގެ ފުރުޞަތު އެ ޤައުމުން ދީފައި ނުވާ ކަމަށެވެ.

އެގޮތުން އިންޑޮނޭޝިއާ ވިސާ ދިނުމަށް ދެކޮޅު ހަދާ، އެންމެ ކުރިން އޮންނަ ފްލައިޓަކުން ރިޓަރން ޓިކެޓު ހަމަޖައްސައިގެން އެނބުރި ދިއުމަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް އެންގުމަށް ފަހު އެވަގުތު މަޑުކުރުވި ކަމަށާއި، ނަމަވެސް ހައްޔަރުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސަން އިތުރަށް ވިދާޅުވީ، އޭނާ މިހާރު ހުރީ ރާއްޖޭގައި ކަމަށެވެ. ނަމަވެސް އިންޑޮނޭޝިއާއަށް ވަނުމަށް ވިސާދޭން ދެކޮޅު ހެދި ސަބަބު ކަށަވަރުވެފައިނުވާ އެވެ.

އެގޮތުން އިންޑޮނޭޝިއާއިން ފުރީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭ ކަމަށާއި، މާލެއަށް އާދެވުނީ 15 ވަނަ ދުވަހުގެ ހެނދުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މަކްތަބާ ސަލަފިއްޔާއިން މީގެ ކުރިން ވަނީ، ދީނީ ހަރުކަށި ފިކުރާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޝައިޙް މުޙައްމަދު ޙަސަންވެސް ބައިވެރިވެވަފައިވާއިރު، އެ ޖަމްޢިއްޔާގައި ޙަރަކާތްތެރިވާ ފަރާތްތައް ދީނީ ހަރުކަށި ފިކުރަށް ނިޞްބަތްވާ ކަމަށް ބުނާ ޚަބަރުތައް އޭނާ ދޮގުކޮށްފައިވެއެވެ. އަދި އެ ނޫސްކޮންފަރެންސްގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ޖަމިއްޔަތުއް ސަލަފްގެ ގިނަ ޢިލްމުވެރިންތަކެއްގެ މައްޗަށް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް