އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - ކައުންސިލްތަކުގެ އިންތިހާބު/ އެމްޑީޕީ

ކައުންސިލްތަކުގެ އިންތިޚާބު: ހުރިހާ ގޮނޑިތަކަކަށް ކެންޑިޑޭޓުން ނެރޭނަން: އެމްޑީޕީ

  • މިހާރު މިދަނީ ހުރިހާ ކެންޑިޑޭޓުންގެ މައުމޫލާތު އެއްކުރަމުން
  • އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް އެމްޑީޕީން ބުނޭ
  • މިމަހުގެ 21 ގައި ހާއްސަ ޖަލްސާ

މުހައްމަދު ފަޒީން
IamFazeen

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 14:55 2,150

ރައީސް ޞާލިހު އާއި ރައީސް ނަޝީދު. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ބޭނުންކުރާ "ރަށްވެހި ފަތިސް" ޕޯސްޓަރު، އެމްޑީޕީގެ މައި ހަރުގެ ފާރުގައި ކުރަހައި ކުލަ ޖައްސަވައި ދެއްވަނީ - ޔޫސުފް ސޮފްވާން ރަޝީދު

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ކައުންސިލްތަކުގެ ހުރިހާ ގޮނޑިތަކަކަށް ކުރިމަތިލާ، ކެންޑިޑޭޓުން ނެރޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ކެމްޕެއިން ހެޑް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ، ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ސްޕޯކްސްޕަރސަން އަފްޝަން ލަޠީފު ވިދާޅުވީ، ހުރިހާ ކައުންސިލްތަކެއްގެ ހުރިހާ ގޮނޑިތަކަށް ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ކަނޑައެޅިފައިވާ ކަމަށާއި، ކެންޑިޑޭޓުންނަށް ޓިކެޓު ޙަވާލު ކުރުމާއި، އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރަމުންދާ ކަމަށެެވެ.

"އަޅުގަނޑުމެން ޕްރައިމަރީ އިންތިހާބު ބޭއްވުމަށްފަހު، ސެންޓްރަލް ކެމްޕެއިން ޓީމުން ދަނީ ކެންޑިޑޭޓަަށް ގުޅައިގެން މައުލޫމާތުތައް އެއްކުރަމުން،"

~ އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް

އަފްޝަން ވިދާޅުވީ، ކުރިއެކޭވެސް އެއްފަދައިން އެމްޑީޕީގެ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ވަކި ޚާއްޞަ ޙަރަކާތެއް ހިންގާނެ ކަމަށާ،އި އެކަން ފަހުން އިޢުލާން ކުރާނެކަމަށެވެ.

މީގެ އިތުރުން ،އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މި މަހުގެ 21 ވަނަ ދުވަހު ހުރިހާ ރެށެއްގައި އެއްވަގުތެއްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ ކުރިއަށް ދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ޕާޓީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ހުރިހާ ރަށެއްގައިވެސް ވަގުތުން ދެއްކޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ޕޯސްޓަރުގެ އިތުރުން ކެމްޕޭން ބެނަރ އާއި، ލީފްލެޓާއި، ބުކްލެޓް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ރަށަކަށް ވަކިން ޚާއްޞަކޮށް މެނިފެސްޓޯއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މެނިފެސްޓޯގައި އެ ރަށެއްގެ މަޢުލޫމާތުތާއި އެރަށެއްގެ ހިންގާ ޕްރޮޖެކްޓްތަކާއި، ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ އިތުރަށް ކުރިން ބޭއްވި ވަރކްޝޮޕްތަކުގައި ފޯމިއުލޭޓް ކުރި ޕްރޮޖެކްޓްތައް އޭގައި އެކުލަވާލެވިފައިވާނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ސްޕޯކްސްޕަރސަންގެ މަޤާމާއި އަފްޝަން ޙަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. އަފްޝަން ވިދާޅުވީ ކޮންމެ ދުވަހަކުވެސް ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ އަފްޝަން ލަޠީފް އަކީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ "އެޖެންޑާ 19"ގެ ކެންޕެއިންގެ ވެސް ސްޕޯކްސްޕަރސަން އެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވެއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބޮޑެތި އިޞްލާޙުތަކާއެކު ސަރުކާރުގެ ސިޔާސާތުތައް އަދި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ދަންނަ، އަދި އެކަންކުރުމުގެ ޤާބިލުކަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލިބިފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށްވެސް ރައީސް ޞާލިޙު ވަނީ ދިވެހި ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީން ނޫން ބަޔަކަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ ކަމަށާއި، އެފަދަ ފިކުރެއް އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ނެތްއިރު، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކައުންސިލްތަކުގެ އިންތިޚާބު ފަށާނީވެސް 60 އިންސައްތަ ގޮނޑިއާއެކު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް