ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 13:16
އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
އެމްޑީޕީ
އެމްޑީޕީ/ ޑަބްލިއުޑީސީ ޕްރައިމަރީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕްރައިމަރީ މާދަމާ ކުރިއަށްދާނެ: އެމްޑީޕީ
 
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީގެ ޕްރައިމަރީ މާދަމާ އޮންނާނެ

ލާމަރުކަޒީ ޤާނޫނުގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިޚާބާއެކު ބާއްވާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ ހޯމަ ދުވަހު އޮންނާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީށް މަސައްކަތްކުރާ ކޮމެޓީގެ ތަކުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަފްޝަން ލަޠީފު އާދިއްތަ ދުވަހު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ އެޕާޓީގެ ޕްރައިމަރީ ހޯމަ ދުވަހު ބާއްވާނެ ކަމަށާއި މިހާރު ދަނީ އެކަމަށްވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

އެގޮތުން، އަފްޝަން ވިދާޅުވީ އާދިއްތަ ދުވަހުގެ މެންދުރު ފަހު ވޯޓިން ސްޓޭޝަންތަކުގެ މަޢުލޫމާތުތައް ޙިއްސާ ކުރަމުންދާ ކަމަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ނުވަތަ ޑަބްލިޔުޑީސީގެ ޕްރައިމަރީ އިންތިހާބު މާދަމާ (ހޯމަ ދުވަހު) ކުރިއަށް ދާނެ. މިއަދު މެންދުރުފަހު، އަޅުގަނޑުމެން ވޯޓިންގ ސްޓޭޝަންތަކުގެ މައުލޫމާތު ވެސް ހިއްސާކުރާނެ. އަޅުގަނޑުމެންގެ އިލެކްޝަންސް ކޮމިޓީން ވަރަށް ބުރަކޮށް މިހާރު ކުރިއަށް ގެންދަވާ އެބަދަ،"
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަކީ މުޅިން އަލަށް ޤާނޫނެއްގެ ބާރު ލިބިގެން އުފެއްދޭ ކޮމެޓީ އެކެވެ. އަންހެެނުން ބާރުވެރިކުރުމަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްޞަކޮށްފައިވާއިރު، ހަމަ އެ ޤާނޫނުގެ ދަށުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސަައްކަތްކުރާ ކޮމެޓީއެއްވެސް އިންތިޚާބު ކުރަން ލާޒިމްކޮށްފައެވެ.

އެހެންކަމުން ރާއްޖޭގައި އެއްފަހަރާ ދެ އިންތިޚާބެއް ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަކީ އެއް ޤާނޫނެއްގެ ދަށުން ބޭއްވިޔަސް މުޅިން ތަފާތު ދެ އިންތިޚާބެކެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ތިން ފަހަރެއްގައި ބާއްވާފައިވާއިރު، އަންނަ އޭޕްރީމް މަހު ބާއްވާ ހަތަރުވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިޚާބެކެވެ.

ކައުންސިލްތަކަށް ބާރުތައް ދޫކޮށްލައި، ބާރުވެރިކުރުމާއި، މަލީ ބާރުވެރިކަން ދިނުމާއި އަންހެނުން ބާރުވެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެއްގެ އިތުރުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ "އެޖެންޑާ 19"ގެ ވެސް އެންމެ މުހިއްމު އެއް ވަޢުދެވެ.

ސަރުކާރާއި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، އެޤާނޫނަށް ޢާމަލު ކުރަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް