ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 13:10
ޖަމާލުއްދީން ސުކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ
ޖަމާލުއްދީން ސުކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ނައިބު ރައީސް
ކޮންމެ ކަމެއް ކުރާއިރުވެސް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ އަކީ އެކުގައި މަސައްކަތްކުރުން: ނައިބު ރައީސް
 
ޖަމާލުއްދީން ސްކޫލަކީ ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ނަމޫނާ ސްކޫލެއް
 
އެންމެ ބޮޑު ޤަދަރެއް ދީފައިވާ ފަރާތްތަކީ ޓީޗަރުން
 
ކޮންމެ މީހަކު ވެސް އެމީހެއްގެ ވާޖިބެއްގެ ގޮތުގައި ދެކިގެން އެކަކު އަނެކަކަށް އަޅާލަންޖެހޭ

ކޮންމެ ކަމެއް ކުރާއިރުވެސް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ އަކީ އެކުގައި މަސައްކަތްކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސުކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ މައިދާނެއްގައި ވެސް އެކުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކުރެވޭނީ އިހްތިރާމު ކޮށްގެން ކަމަށެވެ. އެގޮތުން މުދައްރިސުންނާއި މައިންބަފައިންނާއި ދޮށީ މީހުންނަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ޓީޗަރުން އެ ކުރާ ބުރަ މަސައްކަތަކީ އެ ދަރިވަރުންނަށްޓަކައި ކޮށްދޭ މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ ޝުކުރު އަދާކުރަން ޖެހޭނެ ކަމަށެވެ.

އަޅުގަނޑުމެން ކޮންމެ ކަމެއް ކުރާއިރު ވެސް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ އަކީ އެކުގައި މަސައްކަތް ކުރުން. އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކުރެވޭނީ އިހްތިރާމް އަދާކުރެވިގެން. ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާއި އެނޫން ވެސް ޤައުމުތަކުން އެންމެ ބޮޑު ޤަދަރެއް ދީފައިވާ ފަރާތްތަކީ އެ ޤައުމުގެ ޓީޗަރުން
ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެމަނިކުފާނުގެ ތަޢުލީމީ ޙަޔާތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއަދު ސްކޫލުގައި ކިޔަވާ ކުދިންނަށް އެއްވެސް ދަތި އުނދަގޫ ކަމަކާ ނުލައި، ކިޔެވުމުގެ މަގު ތަނަވެސްވެފައި އޮތުމުން އެކަމުގެ ބޭނުން ރަނގަޅަށް ހިފާ ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.

މީގެ 35 އަހަރު ކުރިން އަޅުގަނޑުވެސް އޭރު އެއީ ތިޔަ ކުދިން ކަހަލަ ޒުވާން ކުއްޖެއް، އޭރު މާލެ އަޅުގަނޑު ކިޔަވަން އައިރު މި ޖެހެނީ ވަރަށް އެހެންކަހަލަ ގޮތަކަށް އުޅެން. މިހާރު މިކަން ތަސައްވަރު ކުރަން މިހާރު އުނދަގޫ ވެދާނެ. 11 އަހަރުގެ ކުއްޖަކު ދެތިން އަހަރު ދޮށި ބޭބެއަކާއި އެއްކޮށް ކޮޓަރިއެއް ސުކޫލަށް ދިޔުމަށްޓަކައި މައިންބަފައިން ނުފެނި ގާތްތިމާގެ މީހެއްގެ ވެސް މާބޮޑު އެހީތެރިކަމެއް ނުލިބި އެކަނި އުޅެން ޖެހުން ވެގެންދިޔައީ ވަރަށް ތަފާތު އިހުސާސްތަކެއް މިއަދު ކުރެވޭ ކަމަކަށް. އަޅުގަނޑު ރިޕޯޓް، ހޯމް ވޯކް ބަލާނެ ދެވަނަ އެއްވެސް މީހެއް ނެތް. އަޅުގަނޑުގެ ބޭބެ ނޫން އެއްވެސް އެހެން މީހެއްގެ ފަރާތުން މަދަރުސާއިން ބޭރުގައި އެހީތެރިކަމެއް ނުލިބޭ. އެހެންނަމަވެސް އެއީ އެދުވަސް މިއަދު ތިޔަ ކުދިން އެ ނަސީބު ލިބުމުން އިތުރަށް ފިލާވަޅު ދަސްކޮށް ކުރިއެރުމަށްޓަކައި ގިނަ މަސައްކަތެއް ކުރަން ޖެހޭނެކަނ
ނައިބު ރައީސް ވިދާޅުވިއެވެ.

ކޮންމެ މީހަކު ވެސް އެމީހެއްގެ ވާޖިބެއްގެ ގޮތުގައި ދެކިގެން އެކަކު އަނެކަކަށް އަޅާލުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ޖަމާލުއްދީން ސްކޫލަކީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ނަމޫނާ ސްކޫލެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ދިވެހި ރާއްޖެ މިއަދު މިދެކޭ ތަރައްޤީ ޙާޞިލުކުރުމަށްޓަކައި އެތައް ބައިވެރިން އެ ސްކޫލުން އުފައްދާފައިވާ ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނައިރު އެ ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މަދަރުސީ ތަޢުލީމު އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި ސުކޫލެވެ. ހަމައެހެންމެ 1997 ވަނަ އަހަރު ތިމާވެށީގެ ފެހިފަތް ވެސް އެ ސްކޫލަށް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް