ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 13:20
ރަށްފެހި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ކުރިޔަށްގެންދާ ސްޓެލްކޯ ރަށްފެހިގެ 2 ވަނަ ޕްރޮގްރާމްގެ ފެށުން
ރަށްފެހި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ކުރިޔަށްގެންދާ ސްޓެލްކޯ ރަށްފެހިގެ 2 ވަނަ ޕްރޮގްރާމްގެ ފެށުން
ސްޓެލްކޯ
ސްޓެލްކޯ ރަށްފެހި ޕްރޮގްރާމް
"ސްޓެލްކޯ ރަށްފެހި" ޕްރޮގުރާމުގައި 3000 ގަސް އިންދައިފި
 
ސްޓެލްކޯގެ ޚިދުމަތްދޭ 35 ރަށުގައި އެއްފަހަރާ މި ހަރަކާތް ފެށި
 
މިދިޔަ އަހަރުވެސް ސްޓެލްކޯއިން ވަނީ 2000 ގަސް އިންދާފައި
 
މިއީ ސްޓެލްކޯއިން މި ހަރަކާތް ކުރިއަށްގެންދާ 2 ވަނަ އަހަރު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކޮންމެ އަހަރަވެސް ކުރިޔަށް ގެންދަން ނިންމާފައިވާ "ސްޓްލްކޯ ރަށްފެހި" ޕްރޮގުރާމުގައި 3000 ގަސް އިންދައިފިއެވެ.

މިއީ މުޅި ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފައްޓަވާފައިވާ "ރަށް ފެހި" ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން މި ޙަރަކާތް ކުރިއަށްގެންދާ 2 ވަނަ އަހަރު ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ސްޓެލްކޯއިން ވަނީ 2000 ގަސް ސްޓެލްކޯގެ ޚިދުމަތްދޭ ރަށް ރަށުގައި އިންދާފައެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި އެކުންފުނީގެ ޚިދުމަތްދޭ 35 ރަށެއްގައި، އެއްފަހަރާ ފެށި މި ޕްރޮގުރާމުގެ މަޤްޞަދަކީ، ދިރިއުޅޭ މާޙައުލަކީ ސާފުވައި ލިއްބައިދޭ ތަނަކަށް ހެދުމާއި، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގަސް އިންދުމުގެ ޝައުޤުވެރިކަން އުފެއްދުމާއި، އެކަމަށް އަހުލުވެރި ކުރުވުން ކަމަށެވެ.

މި ޕްރޮގުރާމު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ޕްރޮގުރާމް ފައްޓަވައިދެއްވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން މުޣުނީ ވިދާޅުވީ، "ރަށް ފެހި" ޕްރޮގުރާމަކީ ސަރުކާރު ފެށިގެން އައި އިރު ރާއްޖޭގެ ތިމާވެއްޓާ މެދު ރައްޔިތުން އަހުލުވެރިކުރުވާ، ހޭލުންތެރި ކުރުވުމަށް ރައީސް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

އޭގެ އިތުރުން، ސްޓެލްކޯގެ ޢަމާޒަކީ ސަރުކާރުން ކުރިއަށްގެންދާ މިފަދަ ޕްރޮގުރާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުން ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
16 ފެބްރުއަރީ 2020 | އާދީއްތަ 13:33
މުހައްމަދު
ވަގަން ނެގި ފްލެޓާއި ވަގަށް ނަގާފައިވާ ޕްރޮޖެކްޓް ތަކުގެ ފައިސާގެ ކަންކަން ފޮރުވަންވެގެން މީޑިޔާ ސްޓަންޓް ތި ޖައްސަނީ.