ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 08:34
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ޖަޕާން - މިނިސްޓްރީ އޮފް ޑީފެންސް
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1,665ށް، ވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު 68,500 ށް
 
ފަރުވާ ދިން މީހުންގެ ތެރެއިން 9,500 މީހުން ވަނީ ރަނގަޅު ވެގެން ދޫކޮށްލާފައި
 
މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 68,500 ށް އަރާފައި
 
ކޮރޯނާވައިރަސް އަލަށް ޖެހިގެން ހޮނިހިރު ދުވަހު 2009 މީހުން ރިޕޯޓް ކޮށްފައިވޭ

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1665 ށް އަރާފައިވާކަމަށް އެޤައުމުން ބުނެފި އެވެ.

މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 142 މީހުންގެ އިތުރުވުމެކެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން އާދިއްތަ ދުވަހު ޢާންމުކޮށްފައިވާ މަޢުލޫމާތުތަކުގައި ވަނީ އެޤައުމުން ކޮރޯނާވައިރަސް އަލަށް ޖެހިގެން ހޮނިހިރު ދުވަހު 2009 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއާއެކު މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 68,500 ށް އަރާފަ އެވެ.

މިހާތަނަށް އާއިރު މިވައިރަސް ޖެހިގެން ފަރުވާ ދިން މީހުންގެ ތެރެއިން 9,500 މީހުން ވަނީ ރަނގަޅު ވެގެން ދޫކޮށްލާފަ އެވެ.

ހޮނިހިރު ދުވަހު ވަނީ ފްރާންސްގައި ފަރުވާދެމުން ދަނިކޮށް ޗައިނާގެ ރައްޔިތަކު މަރުވެފަ އެވެ. މިއީ ޔޫރަޕުގެ ޤައުމެއްގައި މިވައިރަސް ޖެހުނު މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މިހާތަނަށް އާއިރު މިވައިރަސްގެ އަސަރު ދުނިޔޭގެ 25 ޤައުމަކުން ވަނީ ފެނިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
67%
33%
0%
0%
ކޮމެންޓް