ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 08:37
ބުރުނޑި
ބުރުނޑި
އަލްޖަޒީރާ
ބުރުނޑި
ބުރުނޑީގެ ގަބުރުސްތާނު ތަކުން ހަހާހަށްވުރެ ގިނަ އިންސާނުންގެ ކަށިތައް ހޯދައިފި
 
މިކޮމިޝަނުން މިހާތަނަށް އާއިރު 4000 ގަބުރުސްތާނުން 142،000 ހާސް މީހުންނަކީ ކޮންބައެއްކަން ވަނީ ދެނެގަނެފައި
 
މިގަތުލު އާންމުގައި މަރާލާފައިވަނީ އެގައުމުގެ ހޫޓޫ ދަރިކޮޅުގެ މީހުން
 
މިއީ 1972 ވަނަ އަހަރު އެގައުމުގައި ހިންގި ޤަތުލް އާންމުގައި މަރާލާފައިވާ މީހުން

ބުރުނޑީގެ ގަބުރުސްތާނުތަކުން ހަހާހަށްވުރެ ގިނަ އިންސާނުންގެ ކަށިތައް ހޯދާފައިވާކަމަށް އެޤައުމުން ބުނެފި އެވެ.

މިއީ އެޤައުމުގެ ބޮޑު ހަ ގަބުރުސްތާނަކުން ހޯދާފައިވާ ކަށިތައްކަމަށް އެޤައުމުން ބުނެއެވެ. މީގެއިތުރުން އެތައް ހާސް ވަޒަންތައްވެސް ހޯދާފައިވާކަމަށް އެޤައުމުންބުނެ އެވެ. އެންމެ ގިނަ ޢަދަދެއްގެ ކަށިތައް ހޯދާފައިވަނީ ކަރޫސީ ޕްރޮވިންސުންނެވެ. އެޤައުމުގެ ސަރުކާރުން ވަނީ ޖެނުއަރީ މަހު މުޅި ޤައުމުގެ ގަބުރުސްތާނުތަކުން އިންސާނުންގެ ކަށިތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މިއީ 1972 ވަނަ އަހަރު އެޤައުމުގައި ހިންގި ޤަތުލްޢާންމުގައި މަރާލާފައިވާ މީހުންނެވެ. މިޤަތުލުޢާންމުގައި މަރާލާފައިވަނީ އެޤާއުމުގެ ހޫޓޫ ދަރިކޮޅުގެ މީހުންނެވެ. އެމީހުން ވަނީ މިޤަތުލުޢާންމު ހިންގިތާ 48 އަހަރު ފަހުން މިކަމަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

އެޤައުމުގެ ޓްރުތް އެންޑް ރީކައުންސިލޭޝަން ކޮމިޝަނުން ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވަނީ 6032 މީހެއްގެ ކަށިތައް ފެނިފައިވާކަމަށެވެ. އަދި އެމީހުން ލައިގެން ތިބި ހެދުމާއި އައިނު ފަދަ ތަކެތިން އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް އެކޮމިޝަނުން ބުނެއެވެ.

ބުރުނޑި ވަނީ ދާޚިލީ ހަނގުރާމައާއި އެހެން ބޮޑެތި ޤައުމުތަކުން އެޤައުމު ހިފާ އަޅުވެތި ކުރުމުގެ އެތައް ދުވަސްތަކެއް ދެކެފައެވެ. އެޤައުމުގެ މިހާރުގެ ސަރުކާރުން ކޮމިޝަނެއް އެކުލަވާފައިވަނީ 1885 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ މިފަދަ ޙާދިސާތައް ތަހުޤީޤުކުރުމަށެވެ. 2014 ވަނަ އަހަރު އެކުލަވާލި މިކޮމިޝަނުން މިހާތަނަށް އާއިރު 4000 ގަބުރުސްތާނުން 142،000 ހާސް މީހުންނަކީ ކޮންބައެއްކަން ވަނީ ދެނެގަނެފަ އެވެ.

ބުރުނޑީގެ އާބާދީ ބެހެނީ ޖުމުލަކޮށް ދެ ދަރިކޮޅެއްގެ މީހުންގެ މެދުގައެވެ. އެއީ ހޫޓޫންނާއި ޓުޓްސީންގެ މެދުގައެވެ. މި ދެ ދަރިކޮޅުގެ މެދުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސްފައިވަނީ ތިން ލައްކަ މީހުން މަރުވެގެން 2005 ވަނަ އަހަރު އެވެ.

އެއަށްފަހު އެޤައުމުގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ޕިއްރޭރް ކުރަންޒިއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
40%
60%
0%
ކޮމެންޓް