ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ރާއްޖެ - އެމެރިކާ

އެމެރިކާގެ އެއަރ ފޯސްގައި މުސްލިމުންނާއި ސިކުންނަށް އެމީހުންގެ ދީނުގައި އޮންނަ އުސޫލާ އެއްގޮތަށް ހެދުން އެޅުމުގެ ފުރުސަތު ދީފި

  • މިގަވާއިދު ބުނާގޮތުން ރީތިކޮށް، މެދުމިނުގެ ސިޔާސަތެއްގެ ދަށުން އެމީހުންނަށް އެމީހުންގެ ދީނުގައި އޮންނަ މިފަދަ އުސޫލުތައް ގެންގުޅެވިދާނެ
  • މިގެނައި ބަދަލާއެކު ސިކުންނާއި މުސްލިމުންގެ ހައްގުތަކުގައި މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެފައިވަނީ މިއީ މުހިންމު ނިންމުމެއް ކަމަށް
  • މީގެކުރިން ސިކުންނާއި މުސްލިމުންގެ މަދު ބަޔަކަށްވަނީ އެމީހުންގެ ދީނުގައި އޮންނަ ގޮތަށް ހެދުން އެޅުމުގެ ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންގޮސްފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 08:40 11,437

އެމެރިކާގެ އެއަރފޯސްގައި މަސައްކަތްކުރާ ސިކުންގެ މީހެއް - ސީ.އެން.އެން

އެމެރިކާގެ އެއަރފޯސްގެ ޑްރެސް ކޯޑު މުސްލިމުންނާއި ސިކުންނަށް އެމީހުންގެ ދީނުގައި ހެދުން އެޅުމަށް އޮންނަ ގޮތަށް ހެދުން އެޅޭ ގޮތަށް ބަދަލުކޮށްފި އެވެ.

އެގޮތުން އަލަށް މިގެނެވުނު ބަދަލާއެކު އެމެރިކާގެ އެއަރ ފޯސްގައި މަސައްކަތްކުރާ މުސްލިމުންނާއި ސިކުންނަށް ބޮލުގައި ފަގުޑި އެޅުމާއި ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުމަށް އެދެވޭނެ އެވެ. މިޤަވާއިދު ބުނާގޮތުން ރީތިކޮށް، މެދުމިނުގެ ސިޔާސަތެއްގެ ދަށުން އެމީހުންނަށް އެމީހުންގެ ދީނުގައި އޮންނަ މިފަދަ އުޞޫލުތައް ގެންގުޅެވިދާނެ އެވެ.

އަދި މިކަމަށް އެދުމާއެކު 30 ދުވަހުގެ ތެރޭގައި އެފަދަ ކޭސް އެއް އެމެރިކާގައި ނަމަ، ރިވިއު ކޮށް ހުއްދަދޭންޖެހޭނެ އެވެ.

މިގެނައި ބަދަލާއެކު ސިކުންނާއި މުސްލިމުންގެ ޙައްޤުތަކުގައި މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެފައިވަނީ މިއީ މުހިންމު ނިންމުމެއް ކަމަށެވެ. އަދި ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް އެމީހުންގެ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ކަންކަންކުރުމުގެ ފުރުޞަތުތަކަށް ލިބުނު ކާމިޔާބީއެއްކަމަށް އެމީހުން ބުނެއެވެ.

މީގެކުރިން ސިކުން ވަނީ އެއަރ ފޯސްގައި އަދި ވަކިން ޚާއްޞަކޮށް އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ދީނީގޮތުން މަދު އާބާދީތަކަށް ނިޞްބަތްވާ މީހުންނަށް އެމީހުންގެ ދީނީ ކަންކަން ޕްރެކްޓިސްކުރުމުގެ ފުރުޞަތު ދިނުމަށް ގޮވާލާފަ އެވެ. މީގެކުރިން ސިކުންނާއި މުސްލިމުންގެ މަދު ބަޔަކަށްވަނީ އެމީހުންގެ ދީނުގައި އޮންނަ ގޮތަށް ހެދުން އެޅުމުގެ ކަންކަން ކުރުމުގެ ފުރުޞަތު ލިބިގެންގޮސްފަ އެވެ.

އެގޮތުން މިދިޔަ އަހަރު ސިކުންގެ ތިން މީހަކަށްވަނީ ބޮލުގައި ފަގުޑި އަޅާ ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އަދި 2018 ވަނަ އަހަރު މުސްލިމް އަންހެންކަށް ވަނީ ބުރުގާ އެޅުމުގެ ފުރުޞަތު އެއަރ ފޯރސްގައި މަސައްކަތް ކުރަމުންދަނިކޮށް ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް