ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 08:41
ހައިކޯޓު- ހައިކޯޓުން އަންނަނީ ދެ ގޮފީގައިވެސް މަސައްކަތްތައް ކުރަމުން
ހައިކޯޓު- ހައިކޯޓުން އަންނަނީ ދެ ގޮފީގައިވެސް މަސައްކަތްތައް ކުރަމުން
ގޫގުލް
ހައިކޯޓު
ހައިކޯޓުގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ކޯޓުތަކުގައި މަސައްކަތްކުރެއްވި ޝަރުޢީ ވަފުދުތައް އެނބުރި ވަޑައިގެންފި
 
ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ އައްޑޫ ސިޓީ ހުޅުމީދޫގައި
 
ހައިކޯޓުގެ އުތުރު ގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގައި
 
ހައިކޯޓުން ބުނީ މި ދެ ވަފުދުން 25 މައްސަލަ ނިންމާފައިވާ ކަމަށް

އުތުރާއި ދެކުނުގައި ހަފުތާގެ މުއްދަތަށް މަސައްކަތް ކުރެއްވުމަށް ފަހު ޝަރުޢީ ވަފުދުތައް އެނބުރި ވަޑައިގެންފި ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން ބުނީ މި ދެ ވަފުދުން 25 މައްސަލަ ނިންމާފައިވާ ކަމަށެވެ. މިޓީމުތައް މަސައްކަތް ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައިކޯޓުގެ އުތުރު ގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ. ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ އައްޑޫ ސިޓީ ހުޅުމީދޫގަ އެވެ.

ހައިކޯޓުގެ އެ ދެ ގޮފީގެ އިދާރީ މަސައްކަތްތައް ދުވަހުން ކުރިއަށް ދިޔަ ކަމަށްވީނަމަވެސް ޝަރީޢަތުގެ އަޑުއެހުންތައް ބާއްވަނީ މާލެ ސިޓީގައި ހުންނަ ހައިކޯޓުގެ ފަނޑިޔާރުންގެ ޓީމެއް އެ ގޮފިތަކަށް ވަޑައިގެން ކުރިއަށް ގެންދަވާ ގޮތަށެވެ. އެގޮތަށް މީގެ ކުރިންވެސް އެކިފަހަރު މަތިން ޢަމަލު ކޮށްފައި ވެއެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ފަށާފައިވަނީ 22 އޮކްޓޯބަރު 2018ގަ އެވެ. ހައިކޯޓުގެ އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވަނީ ގޮފިތަކުގެ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިބުމުގެ ބަދަލުގައި މައްސަލަތައް ބަލަން ފަނޑިޔާރުންގެ ވަފުދުތައް މައްސަލަތައް ބަލަން ފޮނުވުމަށް ހަމަޖައްސާފައެވެ. އެގޮތަށް ހަމަޖައްސާފައިވަނީ ފަނޑިޔާރުންގެ ދަތިކަން ހައިކޯޓަށް ކުރިމަތިވެފައި އޮތުމުންނެވެ.

ހައިކޯޓުގެ ދެކުނު ގޮތްޕައް ނިޞްބަތްވާ ޞަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް