ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 03:57
ހުޅުމާލެ ބާބަކިޔު ސަރަހައްދު
ހުޅުމާލެ ބާބަކިޔު ސަރަހައްދު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ
16 ފެބްރުއަރީން ފެށިގެން ހުޅުމާލެ ބާބަކިއު ސަރަހައްދު ވަގުތީގޮތުން ބަންދުކުރަނީ
 
އެ ސަރަހައްދު އަލުން ހުޅުވާނެ ތާރީހެއް އެޗްޑީސީން ހާމައެއް ނުކުރޭ
 
ހުޅުމާލެ ފޭސް އެެކެއް އަދި ދޭއް ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުން ބާބަކިއު ސަަރަހައްދުގައި ހުންނަ ތަކެތި ނެގުމަށް ވަނީ ނިންމާފައި

16 ފެބްރުއަރީ ވާ އާދިއްތަ ދުވަހުން ފެށިގެން ހުޅުމާލެ ބާބަކިޔު ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައިވާކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ން ބުނެފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް އެެކެއް އަދި ދޭއް ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުން ބާބަކިއު ސަަރަހައްދުގައި ހުންނަ ތަކެތި ނެގުމަށް ނިންމާފައިވާ ކަަމަށެވެ.

އެ ސަރަހައްދުގައި ހުންނަ ބާބަކިއު ޕިޓްއާއި ގޮނޑި މޭޒު ނެގުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެ އެވެ. ނަމަވެސް އެ ސަރަހައްދު އަލުން ހުޅުވާނެ ތާރީހެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖް އަންނަ މަހު ނުވަތަ އޭޕްރީލް މަސްތެރޭގައި ނިންމުމަށް އެޗްޑީސީން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
0%
50%
ކޮމެންޓް