ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 03:59
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަތީ ތަޢުލީމު
މަތީ ތަޢުލީމާއި ތަމްރީނު ހާސިލްކުރުމަށް ލިބޭ ފުރުސަތުގެ ބޭނުންނުހިފާ ފަރާތްތަކާމެދު އަމަލުކުރާނެ އައު އުސޫލެއް އެކުލަވާލައިފި
 
މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުގައި އެއްވެސް ޚަރަދެއް ސަރުކާރުން ނުވަތަ ބައިލެޓްރަލް އެހީގެ ދަށުން ކޮށްފައިވާނަމަ އެ ޚަރަދެއް އަނބުރާ ދައްކަންވާނެ
 
މަތީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ
 
މި އުސޫލުގެ މަޤްސަދަކީ މިނިސްޓްރީން އިއުލާންކުރާ މަތީ ތަޢުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ބާރުއެޅުން

މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގަޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އައު އުސޫލެއް އެކުލަވާލާ އެ އުސޫލު ގެޒެޓްކޮށްފި އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މި އައު އުސޫލުގައިވާ ގޮތުން މި އުސޫލުގެ މަޤްސަދަކީ މިނިސްޓްރީން އިއުލާންކުރާ މަތީ ތަޢުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ބާރުއެޅުމެވެ. އަދި އެފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް ގިނަ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.

މި އުސޫލުގައިވާ ގޮތުން މިނިސްޓްރީން އިއުލާނު ކުރާ މަތީ ތަޢުލީމުގެ ފުރުސަތުތަކާއި މަތީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެއެވެ. ފިޔަވަޅު އެޅުންކަމަށް މިއުސޫލުގައި ބަޔާންވެގެންވަނީ އެކިއެކި ސަބަބުތަކާހުރެ މިނިސްޓްރީން އިއުލާންކުރާ މަތީ ތައުލީމުގެ ފުރުސަތު ލިބޭ ދަރިވަރުން ފުރުސަތުތަކުން މަހުރޫމްކުރުމާއި ކޯހަށް ޚަރަދުވެފައިވާ ފައިސާ ދައްކަން އެންގުމެވެ.

އެގޮތުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުގައި އެއްވެސް ޚަރަދެއް ސަރުކާރުން ނުވަތަ ބައިލެޓްރަލް އެހީގެ ދަށުން ކޮށްފައިވާނަމަ އެ ޚަރަދެއް އަނބުރާ ދައްކަންވާނެކަމަށް މިއުސޫލުގައި ވެއެވެ. އަދި އެފުރުސަތު ބޭނުން ނުހިފައި ދޫކޮށްލާނަމަ ފިޔަވަޅު އެޅޭނެކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައި ނިންމުމަށްފަހު އިޤްރާރުގައިވާ ގޮތަށް ޚިދުމަތް ކުރުމަށް ރާއްޖެއަށް ނައިސްފިނަމަ 2 އަހަރުގެ މުއްދަތަށް ފުލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއް ނުލިބޭނެ އެވެ. އަދި 1 އަހަރު ވަންދެން ޕާޝިއަލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއްވެސް ނުލިބޭނެ އެވެ. އަމިއްލަ ޚަރަދުގައި ކިޔެވުމަށް ޑިސްކައުންޓެޑް ރޭޓުގައި ލިބޭ ފުރުސަތެއް ނަމަ 6 މަސްދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ. އަދި ލޯނުގެ ފުރުސަތެއް ނަމަ 3 މަސް ދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ.

މި އުސޫލުގައި ދެން ބަޔާންވެގެންވަނީ ސަރުކާރުން ނުވަތަ ސްކޮލަރޝިޕް ފޯރުކޮށްދޭ ފަރާތުން އެއްވެސް ޚަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާނުލައި ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާ އެއްގޮތަށް އަމަލު ކުރަމުންނުދާނަމަ 2 އަހަރުގެ މުއްދަތަށް ފުލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއް ނުލިބޭނެ އެވެ. އަދި 1 އަހަރު ވަންދެން ޕާޝިއަލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއްވެސް ނުލިބޭނެ އެވެ. އަމިއްލަ ޚަރަދުގައި ކިޔެވުމަށް ޑިސްކައުންޓެޑް ރޭޓުގައި ލިބޭ ފުރުސަތެއް ނަމަ 6 މަސްދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ. އަދި ލޯނުގެ ފުރުސަތެއް ނަމަ 3 މަސް ދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ.

މަތީ ތައުލީމުގެ ފުރުސަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެ ދަރިވަރަކަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލިއްޖެނަމަ 2 އަހަރުގެ މުއްދަތަށް ފުލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއް ނުލިބޭނެ އެވެ. އަދި 1 އަހަރު ވަންދެން ޕާޝިއަލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއްވެސް ނުލިބޭނެ އެވެ. އަމިއްލަ ޚަރަދުގައި ކިޔެވުމަށް ޑިސްކައުންޓެޑް ރޭޓުގައި ލިބޭ ފުރުސަތެއް ނަމަ 6 މަސްދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ. އަދި ލޯނުގެ ފުރުސަތެއް ނަމަ 3 މަސް ދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ.

އެހެންނަމަވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާ އެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލައިފިނަމަ އެއްވެސް އަދަބެއް ކަނޑައެޅިފައެއް ނުވެ އެވެ. ދިމާވެފައިވާ ހާލަތަކީ މަޤުބޫލު އުޒުރެއް މެދުވެރިވެގެން ދިމާވި ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އުޒުރު ސާބިތުކޮށްދިނުމަށް ދަރިވަރު ހުށަހަޅާ ކަމާ ގުޅޭ ލިޔުންތަކަށް ބިނާކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ.

މީގެއިތުރުން މި އުސޫލަށް ޢަމަލުކުރަން ފެށުމުން 21 އޮކްޓޯބަރ 2019 އިން ފެށިގެން އަމަލުކުރަމުންދާ އުސޫލު އުވުނީ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް