ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 21:22
އެންޒީ
އެންޒީ
އެންޒީ
އެންޒީ
އެންޒީ އިން "ވަރަށް ފައްކާ" ޕްރޮމޯޝަނެއް ފަށައިފި
 
ޕްރޮމޯޝަން ކުރިއަށްދާނީ 15 ފެބްރުއަރީ އިން ފެށިގެން 31 ޖުލައިގެ ނިޔަލަށް

މަހުގެ އެކި އުފެއްދުންތައް ބާޒާރަށް ނެރެމުން އަންނަ އެންޒީ އިން "ވަރަށް ފައްކާ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެންޒީ އިން ބުނީ މި ޕްރޮމޯޝަންއަކީ އެންމެ މަސްދަޅެއް ގަނެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެންޒީ "ވަރަށް ފައްކާ ޕްރޮމޯޝަން 2020" 15 ފެބްރުއަރީ އިން ފެށިގެން 31 ޖުލައިގެ ނިޔަލަށްކުރިއަށް ދާނެ ކަން ފާހަގަކޮށް އެންޒީއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ތަފާތު އެތަކެއް އިނާމުތަކާއި އެކުކަމަށެވެ.

އެގޮތުން އެންޒީ މަސްދަޅެއް ބަލައިގަތުމަށްފަހު، ދަޅުގެ ލޭބަލް ދަށުގައިވާ ޔުނީކް ސީރިއަލް ނަމްބަރު ދިރާގު އަދި އުރީދޫގެ ކަސްޓަމަރުން 56040 އަށް އެސް.އެމް.އެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވެވޭނެ ކަމަށެވެ.

އެންޒީ އަކީ އަބަދުވެސް ދިވެހި އުފެއްދުންތެރިކަމަށް ބޮޑު އަހަންމިއްޔަތު ކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށް ބުނީ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ އެންސިސް ފިޝަރީސްގެ ރާއްޖެ ފެކްޓްރީގައި ތައްޔާރުކޮށް، ބަންދުކުރެވިފައިވާ މަސްދަޅުތަކުގެ އަޖުމަ ބަލާލުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުން ކަމަށެވެ. އެންޒީން ބުނީ މިއީ އެންޒީގެ ފެންވަރު ރަނގަޅު އުފެއްދުއްތަކެއް ހެޔޮއަގުގައި ބަލައިގަނެ، އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތެއް ކަމަށެވެ.

އެގޮތުން ކޮންމެ މަހަކު ޤުރުއަތުން ހޮވޭ ފަރާތްތަކަށް އެއްވަނަ އިނާމަކަށް 10000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ އިނާމު ލިބިގެން ދެއެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 18000 ރުފިޔާ ލިބޭނެއެވެ.

ގްރޭންޑް ލަކީޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ތެރޭގައިކަން ފާހަގަކޮށް އެންޒީން ބުނީ ސީރިޔަލް ނަންބަރު އެސްއެމް އެސް ކުރައްވާފައިވާ ފަރާތްތަކެއްގެ މެދުގައި ޤުރުއަތުން ހޮވޭ ތިން ބޭފުޅަކަށް އިނާމު ލިބޭނެ ކަމަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100000 ރުފިޔާ، ދެވަނަ އިނާމަކަށް 50،000 ރުފިޔާ، އަދި ތިން ވަނަ އިނާމަކަށް 30000 ރުފިޔާ ލިބޭނެ ކަމަށް އެންޒީން ބުނެއެވެ.

މީގެ އިތުރުން ލޭބަލްގެ ފަހަތުގައި 2 މަސްދަޅު އައިކޮން ދިމާވެއްޖެނަމަ، އެންޒީގެ ކޮންމެ ފިހާރައަކަށް އެ ލޭބަލް ހިފައިގެން ދިއުމުން އިންސްޓަންޓް ޕްރައިސާގެ ގޮތުގައި ހިލޭ ދެ މަސްދަޅު ލިބޭނެ ކަމަށް އެންޒީން ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް